ދިވެހިރާއްޖެ
އިއުލާން
އޫރީދޫ މަސްރޭސް 2025
މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު ބާއްވާ އޫރީދޫ މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަކީ 2025 ޑިސެމްބަރ 05 ވާ (ހުކުރު) ދުވަހު މެންދުރުފަހު 14:00 އިން ރޭގަނޑު 19:30 ށެވެ. މިއަހަރު ޓީމެއްގައި ގިނަވެގެން ހިމެނޭނީ 10 މީހުންނެވެ. އަދި މަދުވެގެން 06 މީހުންނެވެ. އެއީ އުޅަނދުގެ ކެޕްޓަނުންނާއި، ފަޅުވެރިން ހިމަނައިގެންނެވެ.
މަސްރޭހުގެ ޤަވާއިދު:
- މަސްރޭސް ފެއްޓުމަށް ހަމަޖެހިފައިވާ ގަޑިއަކީ 2025 ޑިސެމްބަރު 05 ވާ (ހުކުރު) ދުވަހުގެ މެންދުރުފަހު 14:00 އެވެ.
- ރޭސް ނިންމުމަށް ހަމަޖެހިފައިވާ ގަޑިއަކީ 2025 ޑިސެމްބަރު 05 ވާ (ހުކުރު) ދުވަހުގެ ރޭގަނޑު 19:30 އެވެ.
- ރޭގަނޑު 19:30 ގެ ފަހުން ރަށަށް އަންނަ ޓީމްތަކުން ޑިސްކޮލިފައިވާނެއެވެ.
- މަސްރޭހުގައި ބައިވެރިވެވޭނީ ފޯމާއިއެކު ހުށައަޅާ ޓީމް ލިސްޓްގައި ހިމެނޭ ފަރާތްތަކަށެވެ.
- ފޯމް ބަލައިގަންނާނީ 2025 ނޮވެމްބަރު 25 ވަނަ ދުވަހުން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 13:00 އަށް ކައުންސިލް އިދާރާގެ ކައުންޓަރުންނެވެ.
- ފޯމްބަލައިގަތުމުގެ ސުންގަޑިއަކީ: 2025 ޑިސެމްބަރު 02 ވާ (ހޯމަ) ދުވަހުގެ 13:00 އެވެ. (މިގަޑީގެ ފަހުން ފޯމްހުށައަޅާ ޓީމްތަކަށް މިރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަން.)
ޖާރޒީއާގުޅޭ:
އޫރީދޫ މަސްރޭސް 2025 ގައި ބައިވެރިވާ ޓީމްތަކުން ޖާރޒީ ހައްދާކަމުގައިވަނީނަމަ، ޖާރޒީގައި "އޫރީދޫ" "OOREDOO" ނަން ނުވަތަ ލޯގޯ ބޭނުންކުރުން އެދެވިގެންވާ ކަމުގައި ދަންނަވަމެވެ.
މަސްރޭހުގެ ވަނަތައް:
- 01 ވަނަ ޓީމަށް 5,000.00/- ރުފިޔާ
- 02 ވަނަ ޓީމަށް 3,000.00/- ރުފިޔާ
- 03 ވަނަ ޓީމަށް 1,500.00/- ރުފިޔާ
- އެންމެ ބޮޑު މަސްބާނާ (އަންހެން) :1,000.00/- ރުފިޔާ
- އެންމެ ބޮޑު މަސްބާނާ (ފިރިހެން) : 1,000.00/- ރުފިޔާ
ނޯޓް: 01, 02 އަދި 03 ވަނަ ޓީމް ހޮވާނީ އެބަޔަކު ކިރާ މަހުގެ ބަރުދަނަށް ބަލާފައެވެ. އަދި އެންމެ ބޮޑު މަސް ބާނާ އަންހެން އަދި ފިރިހެން ބޭފުޅަކު ހޮވޭނީ 05 ކިލޯއިން މަތިން ބަރުދަން ހުންނަ އެންމެ ބޮޑުމަސް ބާނާ ފަރާތެކެވެ.
- މިއަހަރު މަސްކިރުމަށް ހަމަޖެހިފައިވަނީ ގޮހޮރު ނަގައި ހުޅުނބު ޖެހުމަށްފަހުގައެވެ.
- މަސްކިރާއިރު، ރާއްޖޭ ސަރަހައްދުން ބޭނުމާއި ހިފުން މަނާ އެއްވެސް ބާވަތެއްގެ މަހެއް އަދި އާއްމުކޮށް ކެއުމަށް ބޭނުންނުކުރާ އެއްވެސް ބާވަތެއްގެ މަހެއް ނުކިރާނެ ކަމުގައި ދަންނަވަމެވެ.
- އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 08:00 އިން 14:00 އަށް ކައުންސިލް އިދާރާގެ ނަންބަރު 6580049 އަށެވެ.
