ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)306/306/2025/70
ޕަބްލިޝްކުރި ތާރީޚް: 25 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 10:17
ސުންގަޑި: 02 ޑިސެންބަރު 2025 13:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޫރީދޫ މަސްރޭސް 2025

އިއުލާން

އޫރީދޫ މަސްރޭސް 2025

މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު ބާއްވާ އޫރީދޫ މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަކީ 2025 ޑިސެމްބަރ 05 ވާ (ހުކުރު) ދުވަހު މެންދުރުފަހު 14:00 އިން ރޭގަނޑު 19:30 ށެވެ. މިއަހަރު ޓީމެއްގައި ގިނަވެގެން ހިމެނޭނީ 10 މީހުންނެވެ. އަދި މަދުވެގެން 06 މީހުންނެވެ. އެއީ އުޅަނދުގެ ކެޕްޓަނުންނާއި، ފަޅުވެރިން ހިމަނައިގެންނެވެ.  

މަސްރޭހުގެ ޤަވާއިދު:

  • މަސްރޭސް ފެއްޓުމަށް ހަމަޖެހިފައިވާ ގަޑިއަކީ 2025 ޑިސެމްބަރު 05 ވާ (ހުކުރު) ދުވަހުގެ މެންދުރުފަހު 14:00 އެވެ.
  • ރޭސް ނިންމުމަށް ހަމަޖެހިފައިވާ ގަޑިއަކީ 2025 ޑިސެމްބަރު 05 ވާ (ހުކުރު) ދުވަހުގެ ރޭގަނޑު 19:30 އެވެ.
  • ރޭގަނޑު 19:30 ގެ ފަހުން ރަށަށް އަންނަ ޓީމްތަކުން ޑިސްކޮލިފައިވާނެއެވެ.
  • މަސްރޭހުގައި ބައިވެރިވެވޭނީ ފޯމާއިއެކު ހުށައަޅާ ޓީމް ލިސްޓްގައި ހިމެނޭ ފަރާތްތަކަށެވެ.
  • ފޯމް ބަލައިގަންނާނީ 2025 ނޮވެމްބަރު 25 ވަނަ ދުވަހުން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 13:00 އަށް ކައުންސިލް އިދާރާގެ ކައުންޓަރުންނެވެ.
  • ފޯމްބަލައިގަތުމުގެ ސުންގަޑިއަކީ: 2025 ޑިސެމްބަރު 02 ވާ (ހޯމަ) ދުވަހުގެ 13:00 އެވެ. (މިގަޑީގެ ފަހުން ފޯމްހުށައަޅާ ޓީމްތަކަށް މިރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަން.)

 

ޖާރޒީއާގުޅޭ:

އޫރީދޫ މަސްރޭސް 2025 ގައި ބައިވެރިވާ ޓީމްތަކުން ޖާރޒީ ހައްދާކަމުގައިވަނީނަމަ، ޖާރޒީގައި "އޫރީދޫ" "OOREDOO" ނަން ނުވަތަ ލޯގޯ ބޭނުންކުރުން އެދެވިގެންވާ ކަމުގައި ދަންނަވަމެވެ.

މަސްރޭހުގެ ވަނަތައް:

-         01 ވަނަ ޓީމަށް 5,000.00/- ރުފިޔާ

-         02 ވަނަ ޓީމަށް 3,000.00/- ރުފިޔާ

-         03 ވަނަ ޓީމަށް 1,500.00/- ރުފިޔާ

-         އެންމެ ބޮޑު މަސްބާނާ (އަންހެން) :1,000.00/- ރުފިޔާ

-         އެންމެ ބޮޑު މަސްބާނާ (ފިރިހެން) : 1,000.00/- ރުފިޔާ

ނޯޓް: 01, 02 އަދި 03 ވަނަ ޓީމް ހޮވާނީ އެބަޔަކު ކިރާ މަހުގެ ބަރުދަނަށް ބަލާފައެވެ. އަދި އެންމެ ބޮޑު މަސް ބާނާ އަންހެން އަދި ފިރިހެން ބޭފުޅަކު ހޮވޭނީ 05 ކިލޯއިން މަތިން ބަރުދަން ހުންނަ އެންމެ ބޮޑުމަސް ބާނާ ފަރާތެކެވެ.

  • މިއަހަރު މަސްކިރުމަށް ހަމަޖެހިފައިވަނީ ގޮހޮރު ނަގައި ހުޅުނބު ޖެހުމަށްފަހުގައެވެ.
  • މަސްކިރާއިރު، ރާއްޖޭ ސަރަހައްދުން ބޭނުމާއި ހިފުން މަނާ އެއްވެސް ބާވަތެއްގެ މަހެއް އަދި އާއްމުކޮށް ކެއުމަށް ބޭނުންނުކުރާ އެއްވެސް ބާވަތެއްގެ މަހެއް ނުކިރާނެ ކަމުގައި ދަންނަވަމެވެ.
  • އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 08:00 އިން 14:00 އަށް ކައުންސިލް އިދާރާގެ ނަންބަރު 6580049 އަށެވެ.
25 ނޮވެންބަރު 2025