އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޑެޕިއުޓީ މެނޭޖަރ / މެނޭޖަރ - ބިޒްނަސް ޑިވެލޮޕްމަންޓް
އިޢުލާން ނަންބަރު: ASND-HCM-IUL-2025-50
މަޤާމް: ޑެޕިއުޓީ މެނޭޖަރ / މެނޭޖަރ
ވަޒީފާގެ ބާވަތް: ދާއިމީ
ސެކްޝަން: ބިޒްނަސް ޑިވެލޮޕްމަންޓް
ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ
މަސައްކަތު ގަޑި: 08:00 އިން 16:00
މަޤާމުގެ ޝަރުތު:
- ބިޒްނަސް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު ބިޒްނަސް ޑިވެލޮޕްމަންޓް ދާއިރާއިން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ބިޒްނަސް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު ބިޒްނަސް ޑިވެލޮޕްމަންޓް ދާއިރާއިން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ކުންފުނީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރުން.
- ކުންފުނި ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ވިޔަފާރީގެ އޮނިގަނޑުތަކާއި ސިޔާސަތުތައް އެކުލަވާލުން.
- ކުންފުނި ކުރިއެރުވުމަށް އެކުލަވާލެވޭ ކުރުމުއްދަތުގެ އަދި ދިގުމުއްދަތުގެ ސްޓްރެޓެޖިކް ޕްލޭނާއި މަސައްކަތުގެ ފެންވަރު ވަޒަންކުރާ މިންގަނޑުތައް (ކޭ.ޕީ.އައި) އަބަދުވެސް މުރާޖަޢާކޮށް، އަދާހަމަކުރަމުން ގެންދިއުން.
- ކުންފުނީގެ އަމާޒުތަކާއި މަޤްސަދުތަކަށް ވާސިލުވުމަށްޓަކައި އެކަށައަޅާ އުސޫލުތައް އެކުލަވާލުމާއި، އެ އުސޫލުތައް ހިންގުމާއި، ގަވާއިދުން މުރާޖަޢާކޮށް އައު ކުރަމުން ގެންދިއުމާއެކު، ކުންފުނީގެ އަމާޒުތަކާ އެއްގޮތަށް ކަންކަން ކުރިއަށްދޭތޯ ބަލައި ޔަގީންކުރުން.
- ސެކްޝަންތަކުގެ ސިޔާސަތުތައް އެކުލަވާލައި، ތަންފީޒުކުރެވޭކަން ކަށަވަރުކޮށް، ބެލެހެއްޓުން.
- ސެކްޝަންތަކާއި މަޝްވަރާކޮށްގެން ވިޔަފާރި ކުރިއެރުވުމުގެ ސިޔާސަތުތައް ދިރާސާކޮށް އަދި މާކެޓަށް އަންނަ އައު ބަދަލުތަކާއި ކުންފުނިން އިސްކަންދޭ ކަންތައްތަކަށް ބަލައި، އެކަށޭނަ ގޮތަށް އެ ސިޔާސަތުތަކަށް ބަދަލުތައް ގެނައުން.
- ހުރިހާ ގަވާއިދުތަކާއި އުސޫލުތައް ދުވަހުން ދުވަހަށް ބަލައި، ދިރާސާކުރުމާއެކު، ސެކްޝަންތަކުގެ މެންޑޭޓްތަކާއި އެސް.އޯ.ޕީތައް މޮނިޓަރކޮށް އިވެލުއޭޓްކުރުން.
އެހެނިހެން ހުނަރު:
- ހިންގުމުގެ ހުނަރާ ޤާބިލުކަން ލިބިފައިވުމާއެކު، މަސައްކަތްތައް ރާވައި ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވެ އުޅުމާއެކު މުވައްޒަފުން ލީޑްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވުން.
- ހިންގުމުގެ ދާއިރާގައި ތަޖުރިބާލިބިފައިވާ ފަރާތެއް އަދި ހަރުދަނާ ލީޑަރޝިޕް ހުނަރުހުރި ފަރާތެއް ކަމުގައިވުން.
މުސާރައާއި އިނާޔަތް :
- 27،300.00 - 30،300.00 ރުފިޔާ
- ޚާޒިރީ އެލަވަންސް: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ
- ހަމަޖެހިފައިވާ އުސޫލުން ހެލްތް އިންޝުއަރެންސް
ކުރިމަތިލުމުގެ ސުންގަޑި: 27 ނޮވެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން.
މިމަޤާމަށް ޝަރުތުހަމަވާ ފަރާތްތަކުން އާސަންދަ ކުންފުނީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
- ޖޮބް އެޕްލިކޭޝަން ޕޯޓަލް ލިންކް: https://my.aasandha.mv/jobs/apply
ހުށަހަޅަންޖެހޭ ތަކެތި:
- ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.)
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)
ޚާއްޞަ ސަމާލުކަމަށް:
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އާސަންދަ ކުންފުންޔަށް ލިބިގެންވެއެވެ.
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
20 ނޮވެންބަރު 2025
ހޯދާ
