ވަޒީފާގެ ފުރުޞަތު
ނަންބަރު: ASND-HCM-IUL-2025-50
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 15:49
ސުންގަޑި: 27 ނޮވެންބަރު 2025 14:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޑެޕިއުޓީ މެނޭޖަރ / މެނޭޖަރ - ބިޒްނަސް ޑިވެލޮޕްމަންޓް

އިޢުލާން ނަންބަރު: ASND-HCM-IUL-2025-50

މަޤާމް: ޑެޕިއުޓީ މެނޭޖަރ / މެނޭޖަރ

ވަޒީފާގެ ބާވަތް: ދާއިމީ

ސެކްޝަން: ބިޒްނަސް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ

މަސައްކަތު ގަޑި: 08:00 އިން 16:00

 

މަޤާމުގެ ޝަރުތު:

  1. ބިޒްނަސް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު ބިޒްނަސް ޑިވެލޮޕްމަންޓް ދާއިރާއިން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ބިޒްނަސް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު ބިޒްނަސް ޑިވެލޮޕްމަންޓް ދާއިރާއިން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކުންފުނީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރުން.
  2. ކުންފުނި ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ވިޔަފާރީގެ އޮނިގަނޑުތަކާއި ސިޔާސަތުތައް އެކުލަވާލުން.
  3. ކުންފުނި ކުރިއެރުވުމަށް އެކުލަވާލެވޭ ކުރުމުއްދަތުގެ އަދި ދިގުމުއްދަތުގެ ސްޓްރެޓެޖިކް ޕްލޭނާއި މަސައްކަތުގެ ފެންވަރު ވަޒަންކުރާ މިންގަނޑުތައް (ކޭ.ޕީ.އައި) އަބަދުވެސް މުރާޖަޢާކޮށް، އަދާހަމަކުރަމުން ގެންދިއުން.
  4. ކުންފުނީގެ އަމާޒުތަކާއި މަޤްސަދުތަކަށް ވާސިލުވުމަށްޓަކައި އެކަށައަޅާ އުސޫލުތައް އެކުލަވާލުމާއި، އެ އުސޫލުތައް ހިންގުމާއި، ގަވާއިދުން މުރާޖަޢާކޮށް އައު ކުރަމުން ގެންދިއުމާއެކު، ކުންފުނީގެ އަމާޒުތަކާ އެއްގޮތަށް ކަންކަން ކުރިއަށްދޭތޯ ބަލައި ޔަގީންކުރުން.
  5. ސެކްޝަންތަކުގެ ސިޔާސަތުތައް އެކުލަވާލައި، ތަންފީޒުކުރެވޭކަން ކަށަވަރުކޮށް، ބެލެހެއްޓުން.
  6. ސެކްޝަންތަކާއި މަޝްވަރާކޮށްގެން ވިޔަފާރި ކުރިއެރުވުމުގެ ސިޔާސަތުތައް ދިރާސާކޮށް އަދި މާކެޓަށް އަންނަ އައު ބަދަލުތަކާއި ކުންފުނިން އިސްކަންދޭ ކަންތައްތަކަށް ބަލައި، އެކަށޭނަ ގޮތަށް އެ ސިޔާސަތުތަކަށް ބަދަލުތައް ގެނައުން.
  7. ހުރިހާ ގަވާއިދުތަކާއި އުސޫލުތައް ދުވަހުން ދުވަހަށް ބަލައި، ދިރާސާކުރުމާއެކު، ސެކްޝަންތަކުގެ މެންޑޭޓްތަކާއި އެސް.އޯ.ޕީތައް މޮނިޓަރކޮށް އިވެލުއޭޓްކުރުން.

 

އެހެނިހެން ހުނަރު:

  1. ހިންގުމުގެ ހުނަރާ ޤާބިލުކަން ލިބިފައިވުމާއެކު، މަސައްކަތްތައް ރާވައި ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވެ އުޅުމާއެކު މުވައްޒަފުން ލީޑްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވުން.
  2. ހިންގުމުގެ ދާއިރާގައި ތަޖުރިބާލިބިފައިވާ ފަރާތެއް އަދި ހަރުދަނާ ލީޑަރޝިޕް ހުނަރުހުރި ފަރާތެއް ކަމުގައިވުން.

 

މުސާރައާއި އިނާޔަތް :

  • 27،300.00 - 30،300.00 ރުފިޔާ
  • ޚާޒިރީ އެލަވަންސް: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ
  • ހަމަޖެހިފައިވާ އުސޫލުން ހެލްތް އިންޝުއަރެންސް

 

ކުރިމަތިލުމުގެ ސުންގަޑި: 27 ނޮވެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން.

 

މިމަޤާމަށް ޝަރުތުހަމަވާ ފަރާތްތަކުން އާސަންދަ ކުންފުނީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ތަކެތި: 

  1. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ. 
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 
  3. ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.) 
  4. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން) 

  

ޚާއްޞަ ސަމާލުކަމަށް: 

  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އާސަންދަ ކުންފުންޔަށް ލިބިގެންވެއެވެ.  
  • މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.  

 

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

20 ނޮވެންބަރު 2025