ދިވެހިރާއްޖެ
ރަތަފަންދޫ ގޭބިސީ ތަކުން އުފެދޭކުނި ނަގައި އުކާލުމާއެކު ރަތަފަންދޫ ކުނިގޮނޑު ކުރިއަށް އޮތް 1 އަހަރު ދުވަހުގެ މުއްދަތަށް ސާފުކޮށް ބަލަހައްޓައި ދޭނޭފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤު ވެރިވެލައްވާފަރާތްތަކުން 25 ނޮވެމްބަރ 2025 ވާ އަންގާރަ ދުވަހުގެ ހެދުނު 10:00 އަށް ރަތަފަންދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 3 ޑިސެމްބަރ 2025 ބުދަ ދުވަހުގެ ހެނދުނު 10:00 އަށް އެސްޓިމޭޓު ހިއްޕަވައިގެން ރަތަފަންދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.
މާކްސް ދެވޭގޮތުގެ ތަފްސީލު:
|
# |
މާރކްސްދެވޭނެ ކްރައިޓީރިއާ |
މާރކްސް ދެވޭގޮތް |
ތަފްޞީލް |
|
1 |
އަގު |
70% |
އެންމެ ގިނަމާކްސް ލިބޭނީ ހުށަހެޅޭ އެންމެ ކުޑައަގަކަށެވެ.
|
|
2 |
ތަޖުރިބާ |
30% |
އެންމެ ގިނަ މާކުސް ލިބޭނީ އެންމެ ގިނައިން މަސައްކަތްކޮށް ތަޖުރިބާލިބިފައިވާ ކަމުގެ ހެކިތައް ހުށަހަޅާ ފަރާތަކަށެވެ. |
ޕްރޮޕޯސަލާ އެކު ހުށަހަޅަން ޖެހޭ ލިޔުންތައް
1- ރަޖިސްޓްރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއާއި އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ
2- އަމިއްލަފަރާތެއްނަމަ އައިޑީކާޑުގެ ކޮޕީ އާއި ފަރުދުންގެ ރަޖިސްޓްރީގެ ކޮޕީ
3- ކޮމްޕެނީގެ ޕްރޮފައިލް
މިއިދާރާއިން ބަލާނެ ކަންތައްތައް
1- ރަޖިސްޓްރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ؟
2- އަމިއްލަ ފަރުދެއްނަމަ އެފަރާތަކީ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްތޯ އާއި މިކަމަށް އެކަށީގެންވާ ފަރާތެއްތޯ؟
