ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)420-PED/420/2025/40
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 03 ޑިސެންބަރު 2025 10:00
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތަފަންދޫގެ ގޭބިސީ ތަކުން އުފެދޭކުނި ނަގައި އުކާލުމާއެކު ރަތަފަންދޫ ކުނިގޮނޑު ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުން

ރަތަފަންދޫ ގޭބިސީ ތަކުން އުފެދޭކުނި ނަގައި އުކާލުމާއެކު ރަތަފަންދޫ ކުނިގޮނޑު ކުރިއަށް އޮތް 1 އަހަރު ދުވަހުގެ މުއްދަތަށް ސާފުކޮށް ބަލަހައްޓައި ދޭނޭފަރާތެއް ހޯދުމަށް ބޭނުންވެއެވެ.   

          ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤު ވެރިވެލައްވާފަރާތްތަކުން 25 ނޮވެމްބަރ 2025 ވާ އަންގާރަ  ދުވަހުގެ ހެދުނު 10:00 އަށް ރަތަފަންދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 3  ޑިސެމްބަރ  2025 ބުދަ ދުވަހުގެ ހެނދުނު 10:00 އަށް އެސްޓިމޭޓު ހިއްޕަވައިގެން ރަތަފަންދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

 

މާކްސް ދެވޭގޮތުގެ ތަފްސީލު:

 

#

މާރކްސްދެވޭނެ ކްރައިޓީރިއާ

މާރކްސް ދެވޭގޮތް

ތަފްޞީލް

 

1

އަގު

70%

 

    އެންމެ ގިނަމާކްސް ލިބޭނީ ހުށަހެޅޭ އެންމެ ކުޑައަގަކަށެވެ.

 

2

ތަޖުރިބާ

30%

   އެންމެ ގިނަ މާކުސް ލިބޭނީ އެންމެ ގިނައިން މަސައްކަތްކޮށް     ތަޖުރިބާލިބިފައިވާ ކަމުގެ ހެކިތައް ހުށަހަޅާ ފަރާތަކަށެވެ.

ޕްރޮޕޯސަލާ އެކު ހުށަހަޅަން ޖެހޭ ލިޔުންތައް

1-      ރަޖިސްޓްރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއާއި އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ

2-      އަމިއްލަފަރާތެއްނަމަ އައިޑީކާޑުގެ ކޮޕީ އާއި ފަރުދުންގެ ރަޖިސްޓްރީގެ ކޮޕީ

3-      ކޮމްޕެނީގެ ޕްރޮފައިލް

 

މިއިދާރާއިން  ބަލާނެ ކަންތައްތައް

1-      ރަޖިސްޓްރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ؟

2-      އަމިއްލަ ފަރުދެއްނަމަ އެފަރާތަކީ  ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްތޯ އާއި މިކަމަށް އެކަށީގެންވާ ފަރާތެއްތޯ؟

20 ނޮވެންބަރު 2025