ދިވެހިރާއްޖެ
ތަކަންދޫ ރައްޔިތުންގެ ޕްރީސްކޫލްގެ ބޭބީ ނާރސަރީ އަދި ނާރސަރީ އަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލެވިފައި ވާ ވާހަކަ ދަންނަވަމެވެ. ޕްރީ ސްކޫލަށް ވެއްދޭ ޢުމުރުފުރާ ކަނޑައެޅިފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސަރކިއުލާ އާއި އެއްގޮތައް ކަމުގައި ދަންނަވަމެވެ.
|
ގްރޭޑް |
2026 ސްކޫލަށް ވަދެވޭ އުމުރުފުރާ |
|
ބޭބީ ނާސަރީ |
2025 ޑިސެމްބަރ 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރުން |
|
ނާސަރީ |
2025 ޑިސެމްބަރ 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރުން |
|
31 މާރޗް 2026ގެ ނިޔަލަށް 2 އަހަރު ފުރޭ ކުދިންނަށް ބޭބީ ނާސަރީ އަށް ވަނުމުގެ ފުރުޞަތު ބެލެނިވެރިޔާ އެދިއްޖެނަމަ ދެވޭނެއެވެ. އަދި 31 މާރޗް 2026ގެ ނިޔަލަށް 3 އަހަރު ފުރޭ ކުދިންނަށް ނާސަރީ އަށް ވަނުމުގެ ފުރުޞަތު ބެލެނިވެރިޔާ އެދިއްޖެނަމަ ދެވޭނެއެވެ. |
|
ޕްރީ ސްކޫލުގެ ކިޔެވުން ފެށޭނީ 27 ޖެނުއަރީ 2026 ވަނަ ދުވަހުގައެވެ. އަދި ޕްރީ ސްކޫލްގެ ކޮންމެ ދަރިވަރެއްގެ އަތުން މަހަކު 500/- ރުފިޔާގެ ފީއެއްނެގޭނެއެވެ. ފީ ނަގަންފެށޭނީ ޖެނުއަރީ 2026 އިން ފެށިގެން 01 އަހަރު ދުވަހުގެ މުއްދަތަށެވެ.
ވީމާ، މިއުމުރުގެ ކުދިން ސުކޫލަށް ވައްދަން ބޭނުންވާ ފަރާތްތަކުން 21 ޑިސެންބަރު 2025 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ޕްރީސްކޫލަށް ވަނުމަށް އެދޭ ފޯމް ފުރިހަމަކޮށް ހުށަހެޅުމަށް ދަންނަވަމެވެ. މި ފޯމް ކައުންސިލް އިދާރާއިން ލިބެންހުންނާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
