ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)254/254/2025/72
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 12:02
ސުންގަޑި: 21 ޑިސެންބަރު 2025 12:00
ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަކަންދޫ ރައްޔިތުންގެ ޕްރީސްކޫލްއަށް ކުދިން ވެއްދުމަށް ފުރުސަތު ހުޅުވާލުން

   ތަކަންދޫ ރައްޔިތުންގެ ޕްރީސްކޫލްގެ ބޭބީ ނާރސަރީ އަދި ނާރސަރީ އަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލެވިފައި ވާ ވާހަކަ ދަންނަވަމެވެ. ޕްރީ ސްކޫލަށް ވެއްދޭ ޢުމުރުފުރާ ކަނޑައެޅިފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސަރކިއުލާ އާއި އެއްގޮތައް ކަމުގައި ދަންނަވަމެވެ.

ގްރޭޑް

2026 ސްކޫލަށް ވަދެވޭ އުމުރުފުރާ

ބޭބީ ނާސަރީ

2025 ޑިސެމްބަރ 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރުން

ނާސަރީ

2025 ޑިސެމްބަރ 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރުން

 31 މާރޗް 2026ގެ ނިޔަލަށް 2 އަހަރު ފުރޭ ކުދިންނަށް ބޭބީ ނާސަރީ އަށް ވަނުމުގެ ފުރުޞަތު ބެލެނިވެރިޔާ އެދިއްޖެނަމަ ދެވޭނެއެވެ.

އަދި 31 މާރޗް 2026ގެ ނިޔަލަށް 3 އަހަރު ފުރޭ ކުދިންނަށް ނާސަރީ އަށް ވަނުމުގެ ފުރުޞަތު ބެލެނިވެރިޔާ އެދިއްޖެނަމަ ދެވޭނެއެވެ.

  ޕްރީ ސްކޫލުގެ ކިޔެވުން ފެށޭނީ 27 ޖެނުއަރީ 2026 ވަނަ ދުވަހުގައެވެ. އަދި ޕްރީ ސްކޫލްގެ ކޮންމެ ދަރިވަރެއްގެ އަތުން މަހަކު 500/- ރުފިޔާގެ ފީއެއްނެގޭނެއެވެ. ފީ ނަގަންފެށޭނީ ޖެނުއަރީ 2026 އިން ފެށިގެން 01 އަހަރު ދުވަހުގެ މުއްދަތަށެވެ. 

           ވީމާ، މިއުމުރުގެ ކުދިން ސުކޫލަށް ވައްދަން ބޭނުންވާ ފަރާތްތަކުން 21  ޑިސެންބަރު 2025 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ޕްރީސްކޫލަށް ވަނުމަށް އެދޭ ފޯމް ފުރިހަމަކޮށް ހުށަހެޅުމަށް ދަންނަވަމެވެ. މި ފޯމް ކައުންސިލް އިދާރާއިން ލިބެންހުންނާނެއެވެ. 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ނޮވެންބަރު 2025