އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫސިޓީގެ ހިތަދޫގެ މިސްކިތްތަކުގެ މަރާމާތު މަސައްކަތަށް ދަރުމަވެރިންގެ އެހީތެރިކަން ހޯދުމަށް ފުރުޞަތު ހުޅުވާލުމާ ގުޅޭ

އިޢުލާން

 

އައްޑޫސިޓީގެ ހިތަދޫގެ މިސްކިތްތަކުގެ މަރާމާތު މަސައްކަތަށް ދަރުމަވެރިންގެއެހީތެރިކަން ހޯދުމަށް ފުރުޞަތު ހުޅުވާލުމާގުޅޭ

އައްޑޫސިޓީ ހިތަދޫގެ މިސްކިތްތަކުގެ ތެރެއިން މަރާމާތުކުރުންޖެހިފައިވާ މިސްކިތްތަކުގައި ކުރަންހުރި މަރާމާތުތައް ކުރުމުގެ ދަރުމައަށް މަސައްކަތް ކުރައްވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، އައްޑޫސިޓީ ހިތަދޫ މިސްކިތްތައް މަރާމާތުކޮށް ޒީނަތްތެރިކުރުމުގެ މަސައްކަތް، ދަރުމައަށް ކޮށްދެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2025 ޑިސެމްބަރު 19 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހިތަދޫ އަވަށު އޮފީހަށް އޮންލައިން ފޯމު ފުރިހަމަކޮށް ފޮނުއްވުން އެދެމެވެ.

މި މަސައްކަތަށް އެދި ހުށަހަޅާ ފޯމު، ތިރީގައިވާ ލިންކް މެދުވެރިކޮށް ފުރިހަމަކުރެއްވުމަށްފަހު ފޮނުއްވުމުގެ އިތުރުން، ހިތަދޫ އަވަށުއޮފީހުގެ ކައުންޓަރުން ވެސް ލިބިވަޑައިގަންނަވާނެ ވާހަކަ ދަންނަވަމެވެ.

އޮންލައިން ފޯމް ލިންކް:

https://forms.office.com/r/pEqjZspZCV

26 ޖުމާދަލްއޫލާ 1447

17 ނޮވެންބަރ 2025

19 ނޮވެންބަރު 2025
ހޯދާ