ދިވެހިރާއްޖެ
އިޢުލާން
އައްޑޫސިޓީގެ ހިތަދޫގެ މިސްކިތްތަކުގެ މަރާމާތު މަސައްކަތަށް ދަރުމަވެރިންގެއެހީތެރިކަން ހޯދުމަށް ފުރުޞަތު ހުޅުވާލުމާގުޅޭ
އައްޑޫސިޓީ ހިތަދޫގެ މިސްކިތްތަކުގެ ތެރެއިން މަރާމާތުކުރުންޖެހިފައިވާ މިސްކިތްތަކުގައި ކުރަންހުރި މަރާމާތުތައް ކުރުމުގެ ދަރުމައަށް މަސައްކަތް ކުރައްވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، އައްޑޫސިޓީ ހިތަދޫ މިސްކިތްތައް މަރާމާތުކޮށް ޒީނަތްތެރިކުރުމުގެ މަސައްކަތް، ދަރުމައަށް ކޮށްދެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2025 ޑިސެމްބަރު 19 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހިތަދޫ އަވަށު އޮފީހަށް އޮންލައިން ފޯމު ފުރިހަމަކޮށް ފޮނުއްވުން އެދެމެވެ.
މި މަސައްކަތަށް އެދި ހުށަހަޅާ ފޯމު، ތިރީގައިވާ ލިންކް މެދުވެރިކޮށް ފުރިހަމަކުރެއްވުމަށްފަހު ފޮނުއްވުމުގެ އިތުރުން، ހިތަދޫ އަވަށުއޮފީހުގެ ކައުންޓަރުން ވެސް ލިބިވަޑައިގަންނަވާނެ ވާހަކަ ދަންނަވަމެވެ.
އޮންލައިން ފޯމް ލިންކް:
https://forms.office.com/r/pEqjZspZCV
26 ޖުމާދަލްއޫލާ 1447
17 ނޮވެންބަރ 2025