ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައި.ޓީ ސާމާނު ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

1 -    މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް، އައި.ޓީ ސާމާނު ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)245-CA/245/2025/113 އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތަކުގެ ތެރެއިން ފާސްވެފައިވާ ބީލަންތައް އެކަށީގެންވާ ވަރަށް ވުރެ އަގު ބޮޑުކަމަށް ފެންނާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާނު ކުރަމެވެ.

2 -   މި ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، ‏2025‏ ނޮވެންބަރ‏ 25ވަނަ ދުވަހުގެ 14:00ގެ ކުރިން ރަސްމީގަޑީގައި މި އިދާރާއަށް ހާޒިރުވެ ރަޖިސްޓްރީކުރުން އެދެމެވެ. ނުވަތަ ތިރީގައިވާ ލިންކުގައިވާ ފޯމު ފުރިހަމަ ކޮށްގެން ރަޖިސްޓްރީވުން އެދެމެވެ. ބީލަން ހުށަހެޅޭނީ، މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.

      މައިކްރޯސޮފްޓް ފޯމުގެ ލިންކު: https://forms.office.com/r/Twb96gLK7J

3 -    މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއް ވާނަމަ ‏2025‏ ނޮވެންބަރު‏ 25‏ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން [email protected] އަށް އީމެއިލު ކުރުން އެދެމެވެ. ނުވަތަ މި އިދާރާގެ ނަންބަރު 6501062އަށް ގުޅުން އެދެމެވެ.

4 -    ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ ‏2025‏ ނޮވެންބަރު 30‏ވާ އާދީއްތަ ދުވަހުގެ 13:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

5 -    ބީލަން ފޮތް މި އިޢުލާނާއެކު ހިމެނިފައި ވާނެއެވެ.

19 ނޮވެންބަރު 2025
ހޯދާ