ދިވެހިރާއްޖެ
1 - މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް، އައި.ޓީ ސާމާނު ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)245-CA/245/2025/113 އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތަކުގެ ތެރެއިން ފާސްވެފައިވާ ބީލަންތައް އެކަށީގެންވާ ވަރަށް ވުރެ އަގު ބޮޑުކަމަށް ފެންނާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާނު ކުރަމެވެ.
2 - މި ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 2025 ނޮވެންބަރ 25ވަނަ ދުވަހުގެ 14:00ގެ ކުރިން ރަސްމީގަޑީގައި މި އިދާރާއަށް ހާޒިރުވެ ރަޖިސްޓްރީކުރުން އެދެމެވެ. ނުވަތަ ތިރީގައިވާ ލިންކުގައިވާ ފޯމު ފުރިހަމަ ކޮށްގެން ރަޖިސްޓްރީވުން އެދެމެވެ. ބީލަން ހުށަހެޅޭނީ، މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
މައިކްރޯސޮފްޓް ފޯމުގެ ލިންކު: https://forms.office.com/r/Twb96gLK7J
3 - މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2025 ނޮވެންބަރު 25ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން [email protected] އަށް އީމެއިލު ކުރުން އެދެމެވެ. ނުވަތަ މި އިދާރާގެ ނަންބަރު 6501062އަށް ގުޅުން އެދެމެވެ.
4 - ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 2025 ނޮވެންބަރު 30ވާ އާދީއްތަ ދުވަހުގެ 13:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
5 - ބީލަން ފޮތް މި އިޢުލާނާއެކު ހިމެނިފައި ވާނެއެވެ.