މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

 

ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ތިރީގައި މި ދަންނަވާ މަޤާމުތަކަށް ޚިދުމަތް ކުރުމަށް ހުނަރުވެރި، ޤާބިލު އަދި އިޚްލާސްތެރިކަމާއި ތެދުވެރިކަމާއއެކު ކުރިއަށް ދިޔުމަށް ޝައުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސުގެ މީހުންނަށްވެސް ހަމަހަމަ ފުރުސަތު އޮތް ވަޒީފާއެކެވެ.

 


މަޤާމު:

މާކެޓިންގ އެންޑް ކޮމިއުނިކޭޝަންސް އެސޯސިއޭޓް

ސެކްޝަން / ޑިވިޜަން

ކޯޕޮރޭޓް ސާވިސަސް ޑިވިޝަން، ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތައުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ގުޅުން ހުރި ދާއިރާއަކުން ބެޗެލާޒް ޑިގްރީ ހާސިލު ކޮށްފައިވުމާއެކު، ގުޅުން ހުރި ދާއިރާއެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ގުޅުން ހުރި ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލްކޮށްފައިވުމާއިއެކު، ގުޅުން ހުރި ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ގުޅުންހުރި ދާއިރާތައް:
    • މާކެޓިންގ
    • ގްރެފިކް ޑިޒައިން
    • ވިޝުއަލް އާރޓްސް / މަލްޓިމީޑިޔާ
  • ޕްރޮފެޝަނަލް ގްރެފިކް ޑިޒައިން ސުއިޓްތައް (އެޑޯބި ކްރިއޭޓިވް ސުއީޓް، ކޮރެލްޑްރޯ) ބޭނުންކުރަން އެނގުމާއި، އެމްއެސް އޮފީސް އެޕްލިކޭޝަންތަކަށް ފަރިތަ ފަރާތަކަށްވުން.
  • ވީޑިޔޯ ޕްރޮޑަކްޝަން، އެޑިޓިންގ އަދި އެނިމޭޝަންގެ އިތުރުން ފޮޓޯގްރަފީ އަދި ވީޑިޔޯގްރަފީގެ ހުނަރާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ކުންފުނީގެ ސޯޝަލް މީޑިޔާ ޗެނަލްތަކާއި، އީމެއިލް އަދި އެނޫންވެސް ޑިޖިޓަލް އެޑް ތަކަށް ބޭނުންވާ ވިޝުއަލް އަދި އޯޑިއޯ ކޮންޓެންޓް ޑިވެލޮޕްކޮށް ޑިޒައިން ކުރުން.
  • ކުންފުނީގެ އެންމެހާ މީޑިޔާ ޗެނަލްތަކުގައި ބޭނުންކުރާ ކޮންޓެންޓަކީ ކުންފުނީގެ ބްރޭންޑް ގައިޑްލައިނާއި އެއްގޮތަށް ޑިޒައިން ކުރެވިގެން ޕަބްލިޝް ކުރެވޭ ކޮންޓެންޓްކަން ކަށަވަރު ކުރުން.
  • ޑިޖިޓަލް މާކެޓިންގ ޓީމުގެ ކްރިއޭޓިވް ހިޔާލުތައް ތަރައްޤީ ކުރުމަށްޓަކައި މާކެޓުގައި ހިންގާ އެންމެ ފަހުގެ ޓްރެންޑްތަކަށް އަދާ ހަމަވުމާއި، ބްރޭންޑް އެންގޭޖްމަންޓް އިތުރު ކުރުމަށްޓަކައި ކުރެވިދާނެ ކަންކަން ހޯދުން.
  • މާކެޓިންގ އެންޑް ކޮމިއުނިކޭޝަން ސެކްޝަން ހިންގުމާއި ހަވާލުވެ ހުންނަ ފަރާތުގެ އިރުޝާދާއި އެއްގޮތަށް މަސައްކަތާއި ގުޅޭގޮތުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތަކުގައި ބައިވެރިވުން.

މުސާރައާއި އިނާޔަތްތައް

20،500 – 22،300 ރުފިޔާ (މުސާރަ ކަނޑައެޅުމުގައި ލިބިފައިވާ ތަޢުލީމާއި ތަޖުރިބާއަށް ބެލެވޭނެއެވެ)

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ޑިގްރީ ނުވަތަ މާސްޓަރސް ސެޓްފިކެޓް ލިބިފައިނުވާނަމަ، ޔުނިވާރސިޓީ/ކޮލެޖް އިން ދޫކޮށްފައިވާ ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ލިޔުން.
  • ޑިގްރީ އަދި މާސްޓަރސް ސެޓްފިކެޓް އެމްކިއުއޭއިން އެކްރެޑިޓްކޮށްފައި ނުވާނަމަ އެމްކިއުއޭއިން ގަބޫލުކުރާ ޕްރޮގްރާމެއްކަން އަންގައިދޭ ލިޔުން.
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއް އަދާކުރަށްވާފައިވާނަމަ ވަޒީފާ އަދާކުރައްވާފައިވާ ތަނުގެ ރަސްމީ ލިޔުންތައް
  • ދައުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެ ކަމުގެ ލިޔުން.

ސުންގަޑި

20 ނޮވެންބަރު 2025 ވަނަ ދުވަހުގެ މެންދުރުފަހު 15:00 އަށް

 

ވަޒީފާއަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް: [email protected]  އަށެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ބޭނުންވާނަމަ އީމެއިލްގެ އިތުރުން ނަންބަރު 3012187 ފޯނާއި ގުޅުއްވައިގެން މައުލޫމާތު ސާފު ކުރެއްވޭނެއެވެ.

 

12 ނޮވެންބަރު 2025
ހޯދާ