މަޤާމު:
|
މާކެޓިންގ އެންޑް ކޮމިއުނިކޭޝަންސް އެސޯސިއޭޓް
|
|
ސެކްޝަން / ޑިވިޜަން
|
ކޯޕޮރޭޓް ސާވިސަސް ޑިވިޝަން، ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
|
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
|
ތައުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު
|
- ގުޅުން ހުރި ދާއިރާއަކުން ބެޗެލާޒް ޑިގްރީ ހާސިލު ކޮށްފައިވުމާއެކު، ގުޅުން ހުރި ދާއިރާއެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ގުޅުން ހުރި ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލްކޮށްފައިވުމާއިއެކު، ގުޅުން ހުރި ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- ގުޅުންހުރި ދާއިރާތައް:
- މާކެޓިންގ
- ގްރެފިކް ޑިޒައިން
- ވިޝުއަލް އާރޓްސް / މަލްޓިމީޑިޔާ
- ޕްރޮފެޝަނަލް ގްރެފިކް ޑިޒައިން ސުއިޓްތައް (އެޑޯބި ކްރިއޭޓިވް ސުއީޓް، ކޮރެލްޑްރޯ) ބޭނުންކުރަން އެނގުމާއި، އެމްއެސް އޮފީސް އެޕްލިކޭޝަންތަކަށް ފަރިތަ ފަރާތަކަށްވުން.
- ވީޑިޔޯ ޕްރޮޑަކްޝަން، އެޑިޓިންގ އަދި އެނިމޭޝަންގެ އިތުރުން ފޮޓޯގްރަފީ އަދި ވީޑިޔޯގްރަފީގެ ހުނަރާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
|
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ކުންފުނީގެ ސޯޝަލް މީޑިޔާ ޗެނަލްތަކާއި، އީމެއިލް އަދި އެނޫންވެސް ޑިޖިޓަލް އެޑް ތަކަށް ބޭނުންވާ ވިޝުއަލް އަދި އޯޑިއޯ ކޮންޓެންޓް ޑިވެލޮޕްކޮށް ޑިޒައިން ކުރުން.
- ކުންފުނީގެ އެންމެހާ މީޑިޔާ ޗެނަލްތަކުގައި ބޭނުންކުރާ ކޮންޓެންޓަކީ ކުންފުނީގެ ބްރޭންޑް ގައިޑްލައިނާއި އެއްގޮތަށް ޑިޒައިން ކުރެވިގެން ޕަބްލިޝް ކުރެވޭ ކޮންޓެންޓްކަން ކަށަވަރު ކުރުން.
- ޑިޖިޓަލް މާކެޓިންގ ޓީމުގެ ކްރިއޭޓިވް ހިޔާލުތައް ތަރައްޤީ ކުރުމަށްޓަކައި މާކެޓުގައި ހިންގާ އެންމެ ފަހުގެ ޓްރެންޑްތަކަށް އަދާ ހަމަވުމާއި، ބްރޭންޑް އެންގޭޖްމަންޓް އިތުރު ކުރުމަށްޓަކައި ކުރެވިދާނެ ކަންކަން ހޯދުން.
- މާކެޓިންގ އެންޑް ކޮމިއުނިކޭޝަން ސެކްޝަން ހިންގުމާއި ހަވާލުވެ ހުންނަ ފަރާތުގެ އިރުޝާދާއި އެއްގޮތަށް މަސައްކަތާއި ގުޅޭގޮތުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތަކުގައި ބައިވެރިވުން.
|
|
މުސާރައާއި އިނާޔަތްތައް
|
20،500 – 22،300 ރުފިޔާ (މުސާރަ ކަނޑައެޅުމުގައި ލިބިފައިވާ ތަޢުލީމާއި ތަޖުރިބާއަށް ބެލެވޭނެއެވެ)
|
|
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި
|
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
- ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
- ޑިގްރީ ނުވަތަ މާސްޓަރސް ސެޓްފިކެޓް ލިބިފައިނުވާނަމަ، ޔުނިވާރސިޓީ/ކޮލެޖް އިން ދޫކޮށްފައިވާ ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ލިޔުން.
- ޑިގްރީ އަދި މާސްޓަރސް ސެޓްފިކެޓް އެމްކިއުއޭއިން އެކްރެޑިޓްކޮށްފައި ނުވާނަމަ އެމްކިއުއޭއިން ގަބޫލުކުރާ ޕްރޮގްރާމެއްކަން އަންގައިދޭ ލިޔުން.
- ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
- ވަޒީފާއެއް އަދާކުރަށްވާފައިވާނަމަ ވަޒީފާ އަދާކުރައްވާފައިވާ ތަނުގެ ރަސްމީ ލިޔުންތައް
- ދައުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެ ކަމުގެ ލިޔުން.
|
|
ސުންގަޑި
|
20 ނޮވެންބަރު 2025 ވަނަ ދުވަހުގެ މެންދުރުފަހު 15:00 އަށް
|