މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

 

ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ތިރީގައި މި ދަންނަވާ މަޤާމުތަކަށް ޚިދުމަތް ކުރުމަށް ހުނަރުވެރި، ޤާބިލު އަދި އިޚްލާސްތެރިކަމާއި ތެދުވެރިކަމާއއެކު ކުރިއަށް ދިޔުމަށް ޝައުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސުގެ މީހުންނަށްވެސް ހަމަހަމަ ފުރުސަތު އޮތް ވަޒީފާއެކެވެ.

 


މަޤާމު:

 ޗީފް ޓެކްނޮލޮޖީ އޮފިސަރ

ސެކްޝަން / ޑިވިޜަން

ޓެކްނޮލޮޖީ ސާވިސަސް ޑިވިޝަން، ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތައުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ގުޅުން ހުރި ދާއިރާއަކުން މަސްޓަރސް ޑިގްރީ ހާސިލު ކޮށްފައިވުމާއެކު، ބޭންކިންގ، ފައިނޭންޝަލް ޙިދުމަތްތައް ނުވަތަ ފައިނޭންޝަލް ޓެކްނޮލޮޖީ ކުންފުނިތައް ހިމެނޭހެން ފައިނޭންޝަލް ސެކްޓަރގައި އިންފޮމޭޝަން ޓެކްނޮލޮޖީ މެނޭޖްކުރުމުގެ ދާއިރާގައި މަދުވެގެން 5 އަހަރުގެ ތަޖުރިބާ ލިބިފައިވުމާއެކު، މަދުވެގެން 2 އަހަރު ސީނިއަރ މެނޭޖްމަންޓް ރޯލެއްގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ގުޅުން ހުރި ދާއިރާއަކުން ބެޗެލާޒް ޑިގްރީ ހާސިލު ކޮށްފައިވުމާއެކު، ބޭންކިންގ، ފައިނޭންޝަލް ޙިދުމަތްތައް ފޯރުކޮށްދޭ ނުވަތަ ފައިނޭންޝަލް ޓެކްނޮލޮޖީ ކުންފުނިތައް ހިމެނޭހެން ފައިނޭންޝަލް ސެކްޓަރގައި އިންފޮމޭޝަން ޓެކްނޮލޮޖީ މެނޭޖްކުރުމުގެ ދާއިރާގައި މަދުވެގެން 8 އަހަރުގެ ތަޖުރިބާ ލިބިފައިވުމާއެކު، މަދުވެގެން 4 އަހަރު ސީނިއަރ މެނޭޖްމަންޓް ރޯލެއްގެ ތަޖުރިބާ ލިބިފައިވުން.
  • ގުޅުންހުރި ދާއިރާތައް:
  • އިންފޮމޭޝަން ޓެކްނޮލޮޖީ
  • ކޮމްޕިއުޓަރ ސައިންސް
  • ޕޭމަންޓްސް އާކިޓެކްޗަރ، މައިކްރޯސަރވިސަސް އަދި ހައި-އެވެއިލެބިލިޓީ ސިސްޓަމްތައް ޑިޒައިންކޮށް އިމްޕްލިމެންޓް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
  • ދިވެހިރާއްޖެ އާއި ބައިނަލްއަޤްވާމީ ޕޭމަންޓްސް އާއި ގުޅުން ހުރި ރެގިއުލޭޝަންތަކާއި، ސައިބަރސެކިއުރިޓީ ފްރޭމްވޯކްތަކާއި، ކުރިއަރަމުންދާ ޓެކްނޮލޮޖީގެ ޓްރެންޑްތަކަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ކުންފުނީގެ މިޝަން އާއި އެއްގޮތްވާގޮތުގެ މަތިން ރައްކާތެރި، ހަރުދަނާ އަދި އީޖާދީ ރީޓެއިލް ޕޭމަންޓް ހިދުމަތްތަކެއް ތައާރަފް ކުރުމަށްޓަކައި ބޭނުންވާ އިންފޮމޭޝަން ޓެކްނޮލޮޖީ ސްޓްރެޓަޖީއެއް އެކުލަވާލާ ތަންފީޒުކުރުން.
  • ކުންފުނީގެ ޕޭމަންޓް އިންފްރާސްޓްރަކްޗަރގެ އިތުބާރު ހިފެހެއްޓުމާއި އެންމެ އެކަށީގެންވާ ސެކިއުރިޓީ ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން، ދިވެހިރާއްޖޭގެ ޤާނޫނީ ހަމަތަކުގެ އިތުރުން ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ކުރުން.
  • ޒަމާނާއި އެއްގޮތަށް ތަރައްޤީވެ ކުރިއަރަމުންދާ ޕޭމަންޓް އިކޯސިސްޓަމެއް ޤާއިމުކުރުމަށްޓަކައި ކްރިޓިކަލް ޕްރޮސެސްތައް އޮޓޮމޭޓް ކުރުމާއި، ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުން ސިސްޓަމްތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރެވިގެންދާނެ ގޮތަށް، ކުންފުނީގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕްރޮޖެކްޓްތައް ރާވާއި ހިންގުން.
  • ޕޭމަންޓް ސިސްޓަމްތަކުގެ ސެކިއުރިޓީ އެންމެ ހަރުދަނާ ގޮތެއްގައި ކަށަވަރުކުރުމަށްޓަކައި ބޭނުންވާ ސައިބަރސެކިއުރިޓީއާއި ގުޅުންހުރި ކަންކަން ތަންފީޒުކުރުމުގައި އިސްވެ މަސައްކަތްކުރުން.
  • ކުންފުނީގެ ސްޓްރެޓެޖިކް ލަނޑުދަނޑިތައް ހާސިލްކޮށް ކުންފުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުޅާކޮށް ތަރައްޤީ ކުރުމުށްޓަކައި އެކްސްޓާނަލް ވެންޑަރުންނާއި، ޓެކްނޮލޮޖީ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި، ޕޭމަންޓް ނެޓްވޯކް ޕާޓްނަރުންނާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ޕޭމަންޓް މޯލްޑިވްސް އާއި މަތިކުރެވިފައިވާ ރީޓެއިލް ޕޭމަންޓް ސިސްޓަމްތައް ހިންގާ ތަރައްޤީކުރުމުގެ މަސައްކަތްތައް ރާވައި ހިންގުމަށް ކުންފުނީގެ އިންޓާނަލް އަދި އެކްސްޓާނަލް ސްޓޭކްހޯލްޑަރުންނާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.

މުސާރައާއި އިނާޔަތްތައް

45،000 – 52،800 ރުފިޔާ (މުސާރަ ކަނޑައެޅުމުގައި ލިބިފައިވާ ތަޢުލީމާއި ތަޖުރިބާއަށް ބެލެވޭނެއެވެ)

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ޑިގްރީ ނުވަތަ މާސްޓަރސް ސެޓްފިކެޓް ލިބިފައިނުވާނަމަ، ޔުނިވާރސިޓީ/ކޮލެޖް އިން ދޫކޮށްފައިވާ ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ލިޔުން.
  • ޑިގްރީ އަދި މާސްޓަރސް ސެޓްފިކެޓް އެމްކިއުއޭއިން އެކްރެޑިޓްކޮށްފައި ނުވާނަމަ އެމްކިއުއޭއިން ގަބޫލުކުރާ ޕްރޮގްރާމެއްކަން އަންގައިދޭ ލިޔުން.
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއް އަދާކުރަށްވާފައިވާނަމަ ވަޒީފާ އަދާކުރައްވާފައިވާ ތަނުގެ ރަސްމީ ލިޔުންތައް
  • ދައުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެ ކަމުގެ ލިޔުން.

ސުންގަޑި

20 ނޮވެންބަރު 2025 ވަނަ ދުވަހުގެ މެންދުރުފަހު 15:00 އަށް

 

ވަޒީފާއަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް: [email protected]  އަށެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ބޭނުންވާނަމަ އީމެއިލްގެ އިތުރުން ނަންބަރު 3012187 ފޯނާއި ގުޅުއްވައިގެން މައުލޫމާތު ސާފު ކުރެއްވޭނެއެވެ.

12 ނޮވެންބަރު 2025
ހޯދާ