މަޤާމު:
|
ޗީފް ޓެކްނޮލޮޖީ އޮފިސަރ
|
|
ސެކްޝަން / ޑިވިޜަން
|
ޓެކްނޮލޮޖީ ސާވިސަސް ޑިވިޝަން، ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
|
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
|
ތައުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު
|
- ގުޅުން ހުރި ދާއިރާއަކުން މަސްޓަރސް ޑިގްރީ ހާސިލު ކޮށްފައިވުމާއެކު، ބޭންކިންގ، ފައިނޭންޝަލް ޙިދުމަތްތައް ނުވަތަ ފައިނޭންޝަލް ޓެކްނޮލޮޖީ ކުންފުނިތައް ހިމެނޭހެން ފައިނޭންޝަލް ސެކްޓަރގައި އިންފޮމޭޝަން ޓެކްނޮލޮޖީ މެނޭޖްކުރުމުގެ ދާއިރާގައި މަދުވެގެން 5 އަހަރުގެ ތަޖުރިބާ ލިބިފައިވުމާއެކު، މަދުވެގެން 2 އަހަރު ސީނިއަރ މެނޭޖްމަންޓް ރޯލެއްގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ގުޅުން ހުރި ދާއިރާއަކުން ބެޗެލާޒް ޑިގްރީ ހާސިލު ކޮށްފައިވުމާއެކު، ބޭންކިންގ، ފައިނޭންޝަލް ޙިދުމަތްތައް ފޯރުކޮށްދޭ ނުވަތަ ފައިނޭންޝަލް ޓެކްނޮލޮޖީ ކުންފުނިތައް ހިމެނޭހެން ފައިނޭންޝަލް ސެކްޓަރގައި އިންފޮމޭޝަން ޓެކްނޮލޮޖީ މެނޭޖްކުރުމުގެ ދާއިރާގައި މަދުވެގެން 8 އަހަރުގެ ތަޖުރިބާ ލިބިފައިވުމާއެކު، މަދުވެގެން 4 އަހަރު ސީނިއަރ މެނޭޖްމަންޓް ރޯލެއްގެ ތަޖުރިބާ ލިބިފައިވުން.
- ގުޅުންހުރި ދާއިރާތައް:
- އިންފޮމޭޝަން ޓެކްނޮލޮޖީ
- ކޮމްޕިއުޓަރ ސައިންސް
- ޕޭމަންޓްސް އާކިޓެކްޗަރ، މައިކްރޯސަރވިސަސް އަދި ހައި-އެވެއިލެބިލިޓީ ސިސްޓަމްތައް ޑިޒައިންކޮށް އިމްޕްލިމެންޓް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
- ދިވެހިރާއްޖެ އާއި ބައިނަލްއަޤްވާމީ ޕޭމަންޓްސް އާއި ގުޅުން ހުރި ރެގިއުލޭޝަންތަކާއި، ސައިބަރސެކިއުރިޓީ ފްރޭމްވޯކްތަކާއި، ކުރިއަރަމުންދާ ޓެކްނޮލޮޖީގެ ޓްރެންޑްތަކަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.
|
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ކުންފުނީގެ މިޝަން އާއި އެއްގޮތްވާގޮތުގެ މަތިން ރައްކާތެރި، ހަރުދަނާ އަދި އީޖާދީ ރީޓެއިލް ޕޭމަންޓް ހިދުމަތްތަކެއް ތައާރަފް ކުރުމަށްޓަކައި ބޭނުންވާ އިންފޮމޭޝަން ޓެކްނޮލޮޖީ ސްޓްރެޓަޖީއެއް އެކުލަވާލާ ތަންފީޒުކުރުން.
- ކުންފުނީގެ ޕޭމަންޓް އިންފްރާސްޓްރަކްޗަރގެ އިތުބާރު ހިފެހެއްޓުމާއި އެންމެ އެކަށީގެންވާ ސެކިއުރިޓީ ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން، ދިވެހިރާއްޖޭގެ ޤާނޫނީ ހަމަތަކުގެ އިތުރުން ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ކުރުން.
- ޒަމާނާއި އެއްގޮތަށް ތަރައްޤީވެ ކުރިއަރަމުންދާ ޕޭމަންޓް އިކޯސިސްޓަމެއް ޤާއިމުކުރުމަށްޓަކައި ކްރިޓިކަލް ޕްރޮސެސްތައް އޮޓޮމޭޓް ކުރުމާއި، ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުން ސިސްޓަމްތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރެވިގެންދާނެ ގޮތަށް، ކުންފުނީގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕްރޮޖެކްޓްތައް ރާވާއި ހިންގުން.
- ޕޭމަންޓް ސިސްޓަމްތަކުގެ ސެކިއުރިޓީ އެންމެ ހަރުދަނާ ގޮތެއްގައި ކަށަވަރުކުރުމަށްޓަކައި ބޭނުންވާ ސައިބަރސެކިއުރިޓީއާއި ގުޅުންހުރި ކަންކަން ތަންފީޒުކުރުމުގައި އިސްވެ މަސައްކަތްކުރުން.
- ކުންފުނީގެ ސްޓްރެޓެޖިކް ލަނޑުދަނޑިތައް ހާސިލްކޮށް ކުންފުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުޅާކޮށް ތަރައްޤީ ކުރުމުށްޓަކައި އެކްސްޓާނަލް ވެންޑަރުންނާއި، ޓެކްނޮލޮޖީ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި، ޕޭމަންޓް ނެޓްވޯކް ޕާޓްނަރުންނާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ޕޭމަންޓް މޯލްޑިވްސް އާއި މަތިކުރެވިފައިވާ ރީޓެއިލް ޕޭމަންޓް ސިސްޓަމްތައް ހިންގާ ތަރައްޤީކުރުމުގެ މަސައްކަތްތައް ރާވައި ހިންގުމަށް ކުންފުނީގެ އިންޓާނަލް އަދި އެކްސްޓާނަލް ސްޓޭކްހޯލްޑަރުންނާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.
|
|
މުސާރައާއި އިނާޔަތްތައް
|
45،000 – 52،800 ރުފިޔާ (މުސާރަ ކަނޑައެޅުމުގައި ލިބިފައިވާ ތަޢުލީމާއި ތަޖުރިބާއަށް ބެލެވޭނެއެވެ)
|
|
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި
|
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
- ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
- ޑިގްރީ ނުވަތަ މާސްޓަރސް ސެޓްފިކެޓް ލިބިފައިނުވާނަމަ، ޔުނިވާރސިޓީ/ކޮލެޖް އިން ދޫކޮށްފައިވާ ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ލިޔުން.
- ޑިގްރީ އަދި މާސްޓަރސް ސެޓްފިކެޓް އެމްކިއުއޭއިން އެކްރެޑިޓްކޮށްފައި ނުވާނަމަ އެމްކިއުއޭއިން ގަބޫލުކުރާ ޕްރޮގްރާމެއްކަން އަންގައިދޭ ލިޔުން.
- ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
- ވަޒީފާއެއް އަދާކުރަށްވާފައިވާނަމަ ވަޒީފާ އަދާކުރައްވާފައިވާ ތަނުގެ ރަސްމީ ލިޔުންތައް
- ދައުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެ ކަމުގެ ލިޔުން.
|
|
ސުންގަޑި
|
20 ނޮވެންބަރު 2025 ވަނަ ދުވަހުގެ މެންދުރުފަހު 15:00 އަށް
|