ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްޕޯޓްސް ކޮންޕްލެކްސް އަޅާ ބިމުގައިހުރި ރުއްތަކުގެ ވެރިފަރާތް ހޯދުމާ ގުޅޭ

އިޢުލާން

 

                                                  ނަމްބަރު:(IUL)262/262/2025/106

 

ސްޕޯޓްސް ކޮންޕްލެކްސް އަޅާ ބިމުގައިހުރި ރުއްތަކުގެ ވެރިފަރާތް ހޯދުމާ ގުޅޭ

 

ހދ.ނޮޅިވަރަންފަރު ކުޅިވަރު އެރީނާގެ އުތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ހަދާފައިވާ އައުޓްޑޯ ޖިމްގެ އިރުމަތި ފަރާތުގައިވާ ބިމުގައި، ސްޕޯޓްސް ކޮންޕްލެކްސް އެޅުމަށް ހަމަޖެހިފައިވާތީ އެބިމުގައި ހުރި ރުއްތަކުގައި މިއިދާރާއިން 01 އިން 105 އަށް ނަމްބަރު ޖަހާފައިވާ ރުއްތަކުގެ ވެރިފަރާތެއްވާނަމަ، 20 ނޮވެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ   13:00 ގެ ކުރިން މިއިދާރާއަށް ލިޔުމުން ހުށައެޅުންވުން އެދެމެވެ. ހުށައަޅާ ލިޔުމުގައި ރުކުގެ ނަންބަރާއި، ވެރިފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް، އައި.ޑީ ކާރޑް ނަންބަރު އަދި ބަދަލު ފައިސާ ޖަމާކުރައްވަން ބޭނުންފުޅާ އެކައުންޓް ނަންބަރު، އެކައުންޓްގެ ނަން ބަޔާންކުރެއްވުމަށްފަހު، ރުކަކީ އެފަރާތެއްގެ ރުއްކަމަށް ހެކިވާ 2 ހެކިންގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި އައިޑީ.ކާރޑް ނަންބަރާއި ސޮއިއާއެކު ލިޔުމުން މިއިދާރާއަށް ހުށަހެޅުންއެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

19 ޖުމާދިލްއޫލާ 1447

10 ނޮވެންބަރު 2025 

10 ނޮވެންބަރު 2025
ހޯދާ