ދިވެހިރާއްޖެ
އިޢުލާން
ނަމްބަރު:(IUL)262/262/2025/106
ސްޕޯޓްސް ކޮންޕްލެކްސް އަޅާ ބިމުގައިހުރި ރުއްތަކުގެ ވެރިފަރާތް ހޯދުމާ ގުޅޭ
ހދ.ނޮޅިވަރަންފަރު ކުޅިވަރު އެރީނާގެ އުތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ހަދާފައިވާ އައުޓްޑޯ ޖިމްގެ އިރުމަތި ފަރާތުގައިވާ ބިމުގައި، ސްޕޯޓްސް ކޮންޕްލެކްސް އެޅުމަށް ހަމަޖެހިފައިވާތީ އެބިމުގައި ހުރި ރުއްތަކުގައި މިއިދާރާއިން 01 އިން 105 އަށް ނަމްބަރު ޖަހާފައިވާ ރުއްތަކުގެ ވެރިފަރާތެއްވާނަމަ، 20 ނޮވެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ލިޔުމުން ހުށައެޅުންވުން އެދެމެވެ. ހުށައަޅާ ލިޔުމުގައި ރުކުގެ ނަންބަރާއި، ވެރިފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް، އައި.ޑީ ކާރޑް ނަންބަރު އަދި ބަދަލު ފައިސާ ޖަމާކުރައްވަން ބޭނުންފުޅާ އެކައުންޓް ނަންބަރު، އެކައުންޓްގެ ނަން ބަޔާންކުރެއްވުމަށްފަހު، ރުކަކީ އެފަރާތެއްގެ ރުއްކަމަށް ހެކިވާ 2 ހެކިންގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި އައިޑީ.ކާރޑް ނަންބަރާއި ސޮއިއާއެކު ލިޔުމުން މިއިދާރާއަށް ހުށަހެޅުންއެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
19 ޖުމާދިލްއޫލާ 1447
10 ނޮވެންބަރު 2025