ދިވެހިރާއްޖެ
ސުކޫލްގައި ކުރަންހުރި ބައެއް މަރާމާތުތައް ކުރުމާއި ގުޅޭ:-
މިމަދަރުސާގެ އިމާރާތްތަކުގައި ހަރުކޮށްފައިހުރި ދިޔަދޮވިތައް ބަދަލްކުރުމާއި އަސްކޭނި ދޮށުގެ ސީލިންގްގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ މިމަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.
މިމަސައްކަތައްއެދި ހުށައެޅޭނީ ވިޔަފާރި ޤާނޫނު ނަންބަރ: (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި، ޤާނޫނު ނަންބަރ: (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
ވީމާ، މިބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ތިރީގައި މިވާ ތާރީޚްތަކުގައި މިމަދަރުސާއަށް ވަޑައިގެންދެއްވުން އެދެމެވެ.
- ބީލަމުގައި ރަޖިސްޓްރީކުރުން: 04 ނޮވެމްބަރ 2025 އިން 10 ނޮވެމްބަރ 2025 އަށް ރަސްމީ ކޮންމެދުވަހަކު 9:00 އިން 13:00 އަށް މިމަދަރުސާއަށް ވަޑައިގެން ނުވަތަ ފޯނުން ގުޅައިގެން ރަޖިސްޓްރީ ކުރެއްވުން. (ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.)
- މަޢުލޫމާތު ސާފުކުރުން: 13 ނޮވެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިމަދަރުސާގެ އޮފީހުގައި.
- ބީލަން ހުށަހެޅުން: 18 ނޮވެމްބަރ 2025 ވާ އަންގާރަ ދުވަހު 10:00 ގައި މިމަދަރުސާގެ އޮފީހުގައި.
މަޢުލޫމާތު ސާފުކުރެއްވުމަށް އަދި ބީލަން ހުށަހެޅުމަށް ވެރިފަރާތުގެ ބަދަލުގައި މީހަކު ދުރުވާނަމަ ދުރުވާ ބޭފުޅަކު ވެރިފަރާތުގެ ސިޓީ އާއި އައި.ޑީ ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ.
ބީލަން ހުށަހަޅަންވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ސުކޫލްގައި ކުރަންހުރި ބައެއްމަރާމާތުތައް ކުރުމަށްއެދި'' މިހެން ލިޔެފައި އޮންނަން ވާނެއެވެ. މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، ރަސްމީ ގަޑީގައި މިސްކޫލްގެ ފޯން ނަންބަރ 6800008 އަށް ގުޅުއްވުން އެދެމެވެ.
