މަސައްކަތް
ނަންބަރު: GS28/IUL/2025/26
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2025
ޕަބްލިޝްކުރި ގަޑި: 12:41
ސުންގަޑި: 10 ނޮވެންބަރު 2025 13:00
ލ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސުކޫލްގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން

ސުކޫލްގައި ކުރަންހުރި ބައެއް މަރާމާތުތައް ކުރުމާއި ގުޅޭ:-

 

މިމަދަރުސާގެ އިމާރާތްތަކުގައި ހަރުކޮށްފައިހުރި ދިޔަދޮވިތައް ބަދަލްކުރުމާއި އަސްކޭނި ދޮށުގެ ސީލިންގްގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ މިމަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

މިމަސައްކަތައްއެދި ހުށައެޅޭނީ ވިޔަފާރި ޤާނޫނު ނަންބަރ: (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި، ޤާނޫނު ނަންބަރ: (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ވީމާ، މިބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ތިރީގައި މިވާ ތާރީޚްތަކުގައި މިމަދަރުސާއަށް ވަޑައިގެންދެއްވުން އެދެމެވެ.

  • ބީލަމުގައި ރަޖިސްޓްރީކުރުން: 04 ނޮވެމްބަރ 2025 އިން 10 ނޮވެމްބަރ 2025  އަށް ރަސްމީ ކޮންމެދުވަހަކު 9:00 އިން 13:00 އަށް މިމަދަރުސާއަށް ވަޑައިގެން ނުވަތަ ފޯނުން ގުޅައިގެން ރަޖިސްޓްރީ ކުރެއްވުން. (ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.)
  • މަޢުލޫމާތު ސާފުކުރުން: 13 ނޮވެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިމަދަރުސާގެ އޮފީހުގައި.
  • ބީލަން ހުށަހެޅުން: 18 ނޮވެމްބަރ 2025 ވާ އަންގާރަ ދުވަހު 10:00 ގައި މިމަދަރުސާގެ އޮފީހުގައި.

މަޢުލޫމާތު ސާފުކުރެއްވުމަށް އަދި ބީލަން ހުށަހެޅުމަށް ވެރިފަރާތުގެ ބަދަލުގައި މީހަކު ދުރުވާނަމަ ދުރުވާ ބޭފުޅަކު ވެރިފަރާތުގެ ސިޓީ އާއި އައި.ޑީ ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ.

      ބީލަން ހުށަހަޅަންވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ސުކޫލްގައި ކުރަންހުރި ބައެއްމަރާމާތުތައް ކުރުމަށްއެދި'' މިހެން ލިޔެފައި އޮންނަން ވާނެއެވެ. މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، ރަސްމީ ގަޑީގައި މިސްކޫލްގެ ފޯން ނަންބަރ 6800008 އަށް ގުޅުއްވުން އެދެމެވެ.

04 ނޮވެންބަރު 2025