ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވައިކަރަދޫ ކައުންސިލްގެ ޤުރުއާން މުބާރާތް 2025
މިކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ގުރުއާން މުބާރާތް މި މަހު 31 ވާ ހުކުރު ދުވަހުގެރޭ 20:00 ގައި ސުލައިމާނިއްޔާ ސްކޫލްގައި ފެށޭނެއެވެ. އަދި ކިޔެވުން ކުރިއަށް ގެންދެވޭނެ ތާރީޚާއި ގަޑިތައް ތިރީގައި މިވަނީއެވެ.
- ފުރަތަމަ ދަންފަޅި 31 އޮކްޓޫބަރު 2025 (ހުކުރު) ދުވަހުގެ ރޭ 20:00 އިން 21:30 އަށް.
- ދެވަނަ ދަންފަޅި 01 ނޮވެންބަރު 2025 (ހޮނިހިރު) ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށް.
- ތިންވަނަ ދަންފަޅި 01 ނޮވެންބަރު 2025 (ހޮނިހިރު) ދުވަހުގެ މެންދުރު 13:30 އިން 14:30 އަށް.
- ހަތަރުވަނަ ދަންފަޅި 01 ނޮވެންބަރު 2025 (ހޮނިހިރު) ދުވަހުގެ ރޭ 20:00 އިން 21:30 އަށް.
ވީމާ ޢިޢުލަންކޮށްފައިވާ ޝެޑިއުލާ އެއްގޮތަށް ދަރިވަރުން ކިޔަވަން ހާޒިރުވުން އެދެމެވެ. އަދި މި މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ހުރިހާ ބައިވެރިންނާއި އެކުދިންގެ ބެލެނިވެރިން ބައިވެރިވެ ދެއްވުން އެދެމެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
30 އޮކްޓޫބަރު 2025
ހޯދާ
