ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)269/269/2025/71
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 17:52
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވައިކަރަދޫ ކައުންސިލްގެ ޤުރުއާން މުބާރާތް 2025

     މިކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ގުރުއާން މުބާރާތް މި މަހު 31 ވާ ހުކުރު ދުވަހުގެރޭ 20:00 ގައި ސުލައިމާނިއްޔާ ސްކޫލްގައި ފެށޭނެއެވެ. އަދި ކިޔެވުން ކުރިއަށް ގެންދެވޭނެ ތާރީޚާއި ގަޑިތައް ތިރީގައި މިވަނީއެވެ.

  1. ފުރަތަމަ ދަންފަޅި 31 އޮކްޓޫބަރު 2025 (ހުކުރު) ދުވަހުގެ ރޭ 20:00 އިން 21:30 އަށް.
  2. ދެވަނަ ދަންފަޅި 01 ނޮވެންބަރު 2025 (ހޮނިހިރު) ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށް.
  3. ތިންވަނަ ދަންފަޅި 01 ނޮވެންބަރު 2025 (ހޮނިހިރު) ދުވަހުގެ މެންދުރު 13:30 އިން 14:30 އަށް.
  4. ހަތަރުވަނަ ދަންފަޅި 01 ނޮވެންބަރު 2025 (ހޮނިހިރު) ދުވަހުގެ ރޭ 20:00 އިން 21:30 އަށް.

ވީމާ ޢިޢުލަންކޮށްފައިވާ ޝެޑިއުލާ އެއްގޮތަށް ދަރިވަރުން ކިޔަވަން ހާޒިރުވުން އެދެމެވެ. އަދި މި މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ހުރިހާ ބައިވެރިންނާއި އެކުދިންގެ ބެލެނިވެރިން ބައިވެރިވެ ދެއްވުން އެދެމެވެ. 

          ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

30 އޮކްޓޫބަރު 2025