ދިވެހިރާއްޖެ
މި އިދާރާގެ ނަންބަރު 2025/29 އިއުލާނާއި ގުޅިގެން ހުށައަޅާފައިވާ އަންދާސީ ހިސާބުތައް، މި މަސައްކަތަށް އެކަށީގެންވާ އަގުތަކަށްވުރެ ބޮޑުކަމަށް ފެންނާތީ، މި އަންދާސީ ހިސާބުތައް ބާތިލުކޮށް، ހދ. އަތޮޅަށް ހުޅުވާލައިގެން މިއަހަރު ނޮވެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ "ތިލަދެކުނު ފުޓްސަލް މުބާރާތް 2025" ހޯސްޓްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މައުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބިޑްގައި ރަޖިސްޓަރ ވުމަށް: https://www.haadhaal.gov.mv/bid-register
|
ތަފްސީލް |
ތާރީޚް |
ގަޑި |
|
ރަޖިސްޓަރ ވުމުގެ ސުންގަޑި |
05 ނޮވެމްބަރ 2025 – ބުދަ |
11:00 |
|
ސުވާލު ފޮނުވުމުގެ ސުންގަޑި އީމެއިލް: [email protected] |
04 ނޮވެމްބަރ 2025 – އަންގާރަ |
11:00 |
|
ބީލަންތައް ހުޅުވުން |
06 ނޮވެމްބަރ 2025 - ބުރާސްފަތި |
11:00 |
|
ތަން: ހދ އަތޮޅު ކައުންސިލް އިދާރާގެ މީޓިންގ ރޫމް |
||
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި ގުޅުއްވާނީ 6521702 އަށެވެ. |
||
ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓަރީކޮށްގެން ހދ. އަތޮޅުގައި ކުޅިވަރު ކުރިއެވުމަށް ހަރަކާތްތެރިވާ ކްލަބް އަދި ޖަމިއްޔާތަކަށާއި ހދ. އަތޮޅުގެ ސިޓީ އަދި ރަށު ކައުންސިލްތަކަށެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް އަންދާސީ ހިސާބެވެ. ބީލަން ހުޅުވުން އޮންނާނީ ހދ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ.
މިމަސައްކަތާއި ބެހޭ މައުލޫމާތު މި އިދާރާގެ ވެބްސައިޓް https://haadhaal.gov.mv/އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
