ބީލަން
ނަންބަރު: (IUL)226-H/226/2025/31
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 14:16
ސުންގަޑި: 06 އޮކްޓޫބަރު 2025 11:00
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ތިލަދެކުނު ފުޓްސަލް މުބާރާތް 2025" ހޯސްޓްކޮށްދޭނެ ފަރާތެއް ހޯދުން

މި އިދާރާގެ ނަންބަރު 2025/29 އިއުލާނާއި ގުޅިގެން ހުށައަޅާފައިވާ އަންދާސީ ހިސާބުތައް، މި  މަސައްކަތަށް އެކަށީގެންވާ އަގުތަކަށްވުރެ ބޮޑުކަމަށް ފެންނާތީ، މި އަންދާސީ ހިސާބުތައް ބާތިލުކޮށް، ހދ. އަތޮޅަށް ހުޅުވާލައިގެން މިއަހަރު ނޮވެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ "ތިލަދެކުނު ފުޓްސަލް މުބާރާތް 2025" ހޯސްޓްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މައުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބިޑްގައި ރަޖިސްޓަރ ވުމަށް: https://www.haadhaal.gov.mv/bid-register

ތަފްސީލް

ތާރީޚް

ގަޑި

ރަޖިސްޓަރ ވުމުގެ ސުންގަޑި

05 ނޮވެމްބަރ 2025 – ބުދަ

11:00

ސުވާލު ފޮނުވުމުގެ ސުންގަޑި

އީމެއިލް: [email protected]

04 ނޮވެމްބަރ 2025 – އަންގާރަ

11:00

ބީލަންތައް ހުޅުވުން

06 ނޮވެމްބަރ 2025 - ބުރާސްފަތި

11:00

ތަން: ހދ އަތޮޅު ކައުންސިލް އިދާރާގެ މީޓިންގ ރޫމް

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި ގުޅުއްވާނީ 6521702 އަށެވެ.

ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓަރީކޮށްގެން ހދ. އަތޮޅުގައި ކުޅިވަރު ކުރިއެވުމަށް ހަރަކާތްތެރިވާ ކްލަބް އަދި ޖަމިއްޔާތަކަށާއި ހދ. އަތޮޅުގެ ސިޓީ އަދި ރަށު ކައުންސިލްތަކަށެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް އަންދާސީ ހިސާބެވެ. ބީލަން ހުޅުވުން އޮންނާނީ ހދ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

މިމަސައްކަތާއި ބެހޭ މައުލޫމާތު މި އިދާރާގެ ވެބްސައިޓް  https://haadhaal.gov.mv/އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

30 އޮކްޓޫބަރު 2025