ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ މަތީ ސާނަވީ (އެޗް. އެސް. ސީ) އިމްތިހާނުގެ ޖަވާބު ކަރުދާސް މާކު ކުރުމުގެ މަސައްކަތަށް މޮޑަރޭޓަރެއް ހޯދުން

އިޢުލާން

 

މަޤާމު

މޮޑަރޭޓަރ

މާއްދާ

އިސްލާމް

އަދަދު

01

މަސައްކަތް ކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް

އުޖޫރަ

 

މޮޑަރޭޓިންގ އެގްޒޭމިނަރުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޖޫރުއަކީ، އެ އަހަރަކު މާކުކުރާ މާކަރަކަށް ކަރުދާހަށް އެވްރެޖްކޮށް ޖެހޭ ޖުމްލަ ޢަދަދާއި މަސްޢޫލިއްޔަތު އެލަވަންސް ގޮތުގައި ގޮތުގައި -/3,000ރ (ތިންހާސް ރުފިޔާ) އެވެ. އަދި ޑީ.ޕީ.އީގައި މާކިން މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި -/1,000ރ (އެއްހާސް ރުފިޔާ) އެވެ.

ޝަރުޠު:

 

  1. މިއަހަރު އިމްތިޙާނުގައި ތިމާއާއި ތިމާގެ ދަރި ބައިވެރި ނުވާ ފަރާތަކަށްވުން
  2. މާއްދާއާ ގުޅޭ ދާއިރާއަކުން މާސްޓަރ ޑިގްރީ ޙާޞިލް ކޮށްފައިވުން
  3. ވޭތުވެދިޔަ އަހަރުތަކުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނުވަތަ މި ޑިޕާޓްމަންޓުން ނުވަތަ ކަމާގުޅުން ހުރި އިދާރާއަކުން ސުލޫކީ މައްސަލައެއްގައި ފިޔަވަޅު އަޅާފައިވާ ފަރާތެއް ކަމުގައި ނުވުން

 

 

  • ގުރޭޑް 10 ނުވަތަ 11 ނުވަތަ 12 އަށް ސްކޫލެއްގައި ކިޔަވައިދޭ ފަރާތަކަށްވުމާއެކު، ފާއިތުވި ހަތަރު އަހަރުގެ ތެރެއިން ދެ އަހަރު މާކިން މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެފައިވުން ނުވަތަ

 

  • ކީސްޓޭޖް 5) ގްރޭޑް 11 ނުވަތަ 12) ނުވަތަ  ކީސްޓޭޖް 4ގެ ގްރޭޑް 10ގެ ސިލަބަހުގެ މަސައްކަތުގައި މިހާރު ވެސް  މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޢަމަލީގޮތުން ނުވަތަ ފަންނީލަފާދިނުމުގެ  މަސައްކަތްކުރާ ފަރާތަކަށްވުން  ނުވަތަ

 

  • ވޭތުވެދިޔަ އަހަރުގެ އެޗް.އެސް.ސީ އިސްލާމް އިމްތިޙާނުގައި  ޗީފު އެގްޒޭމިނަރަކަށް، ނުވަތަ ލީޑް އެގްޒޭމިނަރަކަށް ނުވަތަ، އޮޑިޓިން އެގްޒޭމިނަރަކަށް ނުވަތަ މޮޑަރޭޓިން އެގްޒޭމިނަރަކަށް ނުވަތަ މާކަރެއްގެ  ގޮތުގައި ބައިވެރިވެފައިވާ ނަމަ، މާކިން ނިމުނުއިރު ލިބިފައިވާ ޕަރފޯމަންސް ސްކޯ %85  ނުވަތަ އެއަށްވުރެ މަތިވެފައިވުން

 

 

މަސްޢޫލިއްޔަތުތައް:

 

  1. މޮޑަރޭޓިން އެގްޒޭމިނަރުންގެ މަސްއޫލިއްޔަތަކީ ތެދުވެރިކަމާއި، އިންސާފުވެރިކަމާއެކު މާކިންގެ އެންމެހައި މަސައްކަތްތައް މޮޑަރޭޓިން އެގްޒޭމިނަރުންގެ އިސްކޮށް ތިއްބަވާ އެގްޒޭމިނަރުންގެ އިރުޝާދާއެކު، ބަލަހައްޓަވައި ދެއްވުމެވެ.
  2. މޮޑަރޭޓިން އެގްޒޭމިނަރެއްގެ ހައިސިއްޔަތުން، އިމްތިޙާނުގައި ބައިވެރިވި ކެނޑިޑޭޓުންނާއި މާކިން މަސައްކަތުގައި ޝާމިލްވާ އެންމެހާ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކޮށްދިނުމަށް ބާރުއަޅަން ވާނެއެވެ
  3. މޮޑަރޭޓިން އެގްޒޭމިނަރެއްގެ ހައިސިއްޔަތުން، އިމްތިޙާނުގެ މާކިން މަސައްކަތް ކުރިއަށް ގެންދިޔުމުގައި އަންނަނިވި ނުކުތާތަކާއެއްގޮތަށް ޢަމަލުކުރަން ވާނެއެވެ.

3.1   މާކިން މަސައްކަތް ފެށުމުގެ ކުރިން އެއްބަސްވުމުގައި ސޮއި ކުރަންވާނެއެވެ.

3.2   މާކިންއަށް ޙާޟިރުވާ ކޮންމެދުވަހެއްގެ ކޮންމެ ދަންފަޅިއެއްގައި ޙާޟިރީގައި ސޮއި ކުރަންވާނެއެވެ.

3.3   އިމްތިޙާނުގެ އެންމެހައި ބައިވެރިންގެ ޙައްޤުތަކަށް އުނިކަމެއް ލިބޭ ފަދަ އެއްވެސް ކަމެއް މާކިންގެ ތެރޭގައި ހިނގާތޯ ބައްލަވައި ދެއްވާ އެފަދަކަމެއް ހިނގާ ނަމަ އެކަން އޮޑިޓިން އެގްޒޭމިނަރަށް އަންގަންވާނެއެވެ.

3.4   މަސައްކަތުގެ ހޯލުގައި މަސައްކަތަށް ދަތިވާފަދަ އަމަލެއް ހިންގާނަމަ އެފަދަކަންކަން ނުހިނގާނ ގޮތަށް އެފަދަ ފަރާތްތަކަށް ނަސޭހަތްދީ، އޮމާން ކަމާއެކު މާކިންގެ އެންމެހައި މަސައްކަތް ނިންމަވައި ދޭންވާނެއެވެ.

3.5   މާކުކުރަން ފެށުމުގެ ކުރީ ދުވަހު ނުވަތަ ޑީޕީއީން އަންގަވާ ދުވަހަކު މާކު ކުރަން ހަމަޖެހިފައިވާ ފޮޓޯ ކޮޕީ ކަރުދާހުގެ 5 ކަރުދާސް މާކު ކޮށްދޭންވާނެއެވެ. އަދި މާކިން ފެށުމަށްފަހު ޑީޕީއީން އަންގާ ގޮތެއްގެ މަތީން ކޮންމެ މާކަރެއްގެ ޕޮޓޯކޮޕީ އެއްކަރުދާސް މާކުކުރުމަށްފަހު ޗީފް އެގްޒޭމިނަރުގެ މޭޒާ ޙަވާލުކުރަން ވާނެއެވެ.

3.6   މާކަރުން މާކުކުރާ ފޮޓޯކޮޕީކަރުދާހާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމުގައި ކޮންމެ މޮޑަރޭޓިން އެގްޒޭމިނަރެއްވެސް ބައިވެރިވާން ވާނެއެވެ. އަދި ޗީފް އެގްޒޭމިނަރު ދެއްވާ މަޝްވަރާގެ މަތިން މާކިން ކަންތައް ކުރިއަށް ގެންގޮސް ދޭންވާނެއެވެ.

3.7   ފޮޓޯ ކޮޕީ ކަރުދާހުގެ އަސްލުކަރުދާސް އޮންނަ ޕެކެޓުތައް ފިޔަވައި އެހެން ކޮންމެ 10 ކަރުދާހަކުން އެއްކަރުދާސް މޮޑެރޭޓް ކޮށްދޭންވާނެއެވެ.

3.8   މޮޑަރޭޓްކުރި ކަރުދާސްތަކުގެ މަޒުމޫނާއި ވާހަކަ ނުވަތަ ރިޕޯޓު ފިޔަވާ އެހެން ސުވާލުތަކުގެ މާކުހުގެ ފަރަގު 3 އަކަށްވުރެ ބޮޑުނަމަ އެ ސުވާލުތައް މާކު ކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑާބެހޭ ގޮތުން އޮޅުން ފިލުވައިދީ މާކަރުންނަށް އިރުޝާދު ދޭންވާނެއެވެ. )މަޒުމޫނާއި ވާހަކަ ނުވަތަ ރިޕޯޓުގެ ތަފާތެއްކަމަށް ބަލާނީ 5 މާކުހުގެ ފަރަގު ހުންނަ ނަމައެވެ.)

3.9   މާކިންގެ ތަފާތު ބޮޑުނަމަ އެ ޕެ ކެޓުގެ އެހެން ކަރުދާހެއް މޮޑެރޭޓު ކުރަން ވާނެއެވެ. މިގޮތަށް މޮޑަރޭޓު ކުރުމުންވެސް އެކުށް ތަކުރާރުވާނަމަ، އެ ޕެކެޓުގެ އެ ސުވާލު، މާކަރު ލައްވާ އަލުން މާކުކުރުވަން ވާނެއެވެ. ތަފާތު ނުވާނަމަ ކުރިން މާކުކުރި ކަރުދާހުގެ އެ ސުވާލު އިސްލާހު ކުރުވާނީއެވ.

 

މާކްސް ދެވޭ ގޮތުގެ ތަފްޞީލް

ބަލާނެ ބައިތައް

އެގްޒޭމިނަރުން (%)

ތަޢުލީމް

30

ކިޔަވައިދިނުމާގުޅޭ މަސައްކަތުގެ ތަޖުރިބާ/  ސިލަބަސް އެކު ލަވައިލުން / ފަންނީލަފާ ދިނުން

10

މާކު ކުރުމުގެ މަސައްކަތުގެ ތަޖުރިބާ

20

އިންޓަވިއު

20

ޕްރެކްޓިކަލް

20

 

 

 

 

 

 

 

 

 

 

އެގްޒޭމިނަރުން މަސައްކަތަށް އެދި ހުށަހަޅާ ފަރާތްތަކަށް  މާކުސް ލިބޭނެގޮތް

 

ދާއިރާ

ތަފްޞީލް

މާކުސް

ތަޢުލީމް

ޕީ.އެޗް.ޑީ

މާސްޓަރސް

ޑިގްރީ

ޑިޕްލޮމާ

45

40

35

30

ކިޔަވައިދިނުމާގުޅޭ މަސައްކަތުގެ ތަޖުރިބާ ( ތަޖުރިބާ ގުނުމުގައި ބަލާނީ ފާއިތުވެދިޔަ އެންމެފަހުގެ 5 އަހަރަށެވެ).

  • ކިޔަވައިދިނުން
  • ސިލަބަސް އެކު ލަވައިލުން
  • ފަންނީލަފާ ދިނުން

 

10

 

މާކު ކުރުމުގެ މަސައްކަތުގެ ތަޖުރިބާ

( ތަޖުރިބާ ގުނުމުގައި ބަލާނީ ފާއިތުވެދިޔަ އެންމެފަހުގެ 5 އަހަރަށެވެ.

ޗީފް އެގްޒޭމިނަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވުން

ލީޑް އެގްޒޭމިނަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވުން

އޮޑިޓިން އެގްޒޭމިނަރެއްގެ ގޮތުގައި މަސައްކަތްކޮށްފައި ވުން

މޮޑަރޭޓިން އެގްޒޭމިނރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވުން

މާކަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައި ވުން

50

 

45

 

40

 

35

 

30

އިންޓަވިއު

އިންޓަވިއު

20

ޕްރެކްޓިކަލް

ޕްރެކްޓިކަލް

100

 

 

 

 

މަސައްކަތްކުރަންޖެހޭ މުއްދަތު

30  ނޮވެމްބަރ 2025 އިން 10 ޖަނަވަރީ 2026 އަށް

މަސައްކަތް ކުރިއަށް ދާނެ ތާރީޚާއި ވަގުތު

މާކިންގ ސްކީމް ފައިނަލް ކުރުން:

   30 ނޮވެމްބަރ 2025 އިން 14 ޑިސެމްބަރ 2025 އަށް (14:00 އިން 18:00 އަށް)

  މާކިންގ ތަމްރީން:

15 ޑިސެމްބަރ 2025 އިން 18 ޑިސެމްބަރ 2025 އަށް (ހެނދުނު 14:00 އިން 18:00 އަށް)

މާކިންގ:

   21 ޑިސެމްބަރ 2025 އިން 10  ޖަނަވަރީ 2025 އަށް (ހެނދުނު 8:00 އިން 18:00 އަށް)

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަ ކޮށްފައިވާ މާކިންގ ގެ މަސައްކަތަށް އެދި ހުށަހަޅާ ފޯމު، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުން www.dpe.edu.mv އިން ލިބެން ހުންނާނެއެވެ. އަދި ތިރީގައިމިވާ ލިންކުންވެސް ލިބެން ހުންނާނެއެވެ.

 

 https://shorturl.at/lV1Sr

  1. ވަނަވަރު (ސީ.ވީ)
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ލިބިފައިވާ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ  ( ކިޔަވައިދޭ މާއްދާއާގުޅޭ އެންމެމަތީ ސެޓްފިކެޓް )
  4. ވަޒީފާ އަދާކުރާނަމަ އެކަމުގެ ލިޔުން (އެޗް.އެސް.ސީ އިމްތިޙާނު މާކު ކުރުމުގެ މަސައްކަތަށް މީހުން ނެގުމުގެ އުސޫލުގައިވާ ފޯމެޓާ އެއްގޮތަށް)
  • ނޯޓް: މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް (ހުށަހަޅަންޖެހޭ ތަކެތި) އެއް ޑޮކިއުމެންޓެއްގެ ގޮތުގައި ޕީ.ޑީ. އެފް ފޯމެޓަށް ތައްޔާރުކޮށް ގޫގުލް ފޯމުގައި އެޓޭޗު ކުރަންވާނެއެވެ.

 

ސުންގަޑި:

06 ނޮވެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 09 ނޮވެމްބަރ 2025 އާއި 20ނޮވެމްބަރ 2025 އާ ދެމެދުގެ ތާރީޚެއްގައި، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް ގައެވެ. 

އެދެންވީ ގޮތް:

  • މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ތިރީގައިވާ ލިންކު މެދުވެރިކޮށެވެ.

https://forms.gle/UXeS3xg698HgJHuh8

  • އެސް.އެސް.ސީ/އެޗް.އެސް.ސީ އިމްތިޙާނު މާކު ކުރުމުގެ މަސައްކަތަށް މީހުންނެގުމުގެ އުސޫލު މި ޑިޕާޓްމަންޓް ގެ ވެބްސައިޓުގައި އާއްމުކުރެވިފައިވާނެއެވެ.
  • އިތުރު މައުލޫމާތު ހޯއްދެވުމަށް 3041338 ނުވަތަ 7957373 ގުޅުއްވުން އެދެމެވެ.
27 އޮކްޓޫބަރު 2025
ހޯދާ