ދިވެހިރާއްޖެ
އިޢުލާން
|
މަޤާމު |
މޮޑަރޭޓަރ |
||||||||||||||||||
|
މާއްދާ |
އިސްލާމް |
||||||||||||||||||
|
އަދަދު |
01 |
||||||||||||||||||
|
މަސައްކަތް ކުރަންޖެހޭ ތަން |
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް |
||||||||||||||||||
|
އުޖޫރަ |
މޮޑަރޭޓިންގ އެގްޒޭމިނަރުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޖޫރުއަކީ، އެ އަހަރަކު މާކުކުރާ މާކަރަކަށް ކަރުދާހަށް އެވްރެޖްކޮށް ޖެހޭ ޖުމްލަ ޢަދަދާއި މަސްޢޫލިއްޔަތު އެލަވަންސް ގޮތުގައި ގޮތުގައި -/3,000ރ (ތިންހާސް ރުފިޔާ) އެވެ. އަދި ޑީ.ޕީ.އީގައި މާކިން މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި -/1,000ރ (އެއްހާސް ރުފިޔާ) އެވެ. |
||||||||||||||||||
|
ޝަރުޠު: |
|
||||||||||||||||||
|
މަސްޢޫލިއްޔަތުތައް: |
3.1 މާކިން މަސައްކަތް ފެށުމުގެ ކުރިން އެއްބަސްވުމުގައި ސޮއި ކުރަންވާނެއެވެ. 3.2 މާކިންއަށް ޙާޟިރުވާ ކޮންމެދުވަހެއްގެ ކޮންމެ ދަންފަޅިއެއްގައި ޙާޟިރީގައި ސޮއި ކުރަންވާނެއެވެ. 3.3 އިމްތިޙާނުގެ އެންމެހައި ބައިވެރިންގެ ޙައްޤުތަކަށް އުނިކަމެއް ލިބޭ ފަދަ އެއްވެސް ކަމެއް މާކިންގެ ތެރޭގައި ހިނގާތޯ ބައްލަވައި ދެއްވާ އެފަދަކަމެއް ހިނގާ ނަމަ އެކަން އޮޑިޓިން އެގްޒޭމިނަރަށް އަންގަންވާނެއެވެ. 3.4 މަސައްކަތުގެ ހޯލުގައި މަސައްކަތަށް ދަތިވާފަދަ އަމަލެއް ހިންގާނަމަ އެފަދަކަންކަން ނުހިނގާނ ގޮތަށް އެފަދަ ފަރާތްތަކަށް ނަސޭހަތްދީ، އޮމާން ކަމާއެކު މާކިންގެ އެންމެހައި މަސައްކަތް ނިންމަވައި ދޭންވާނެއެވެ. 3.5 މާކުކުރަން ފެށުމުގެ ކުރީ ދުވަހު ނުވަތަ ޑީޕީއީން އަންގަވާ ދުވަހަކު މާކު ކުރަން ހަމަޖެހިފައިވާ ފޮޓޯ ކޮޕީ ކަރުދާހުގެ 5 ކަރުދާސް މާކު ކޮށްދޭންވާނެއެވެ. އަދި މާކިން ފެށުމަށްފަހު ޑީޕީއީން އަންގާ ގޮތެއްގެ މަތީން ކޮންމެ މާކަރެއްގެ ޕޮޓޯކޮޕީ އެއްކަރުދާސް މާކުކުރުމަށްފަހު ޗީފް އެގްޒޭމިނަރުގެ މޭޒާ ޙަވާލުކުރަން ވާނެއެވެ. 3.6 މާކަރުން މާކުކުރާ ފޮޓޯކޮޕީކަރުދާހާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމުގައި ކޮންމެ މޮޑަރޭޓިން އެގްޒޭމިނަރެއްވެސް ބައިވެރިވާން ވާނެއެވެ. އަދި ޗީފް އެގްޒޭމިނަރު ދެއްވާ މަޝްވަރާގެ މަތިން މާކިން ކަންތައް ކުރިއަށް ގެންގޮސް ދޭންވާނެއެވެ. 3.7 ފޮޓޯ ކޮޕީ ކަރުދާހުގެ އަސްލުކަރުދާސް އޮންނަ ޕެކެޓުތައް ފިޔަވައި އެހެން ކޮންމެ 10 ކަރުދާހަކުން އެއްކަރުދާސް މޮޑެރޭޓް ކޮށްދޭންވާނެއެވެ. 3.8 މޮޑަރޭޓްކުރި ކަރުދާސްތަކުގެ މަޒުމޫނާއި ވާހަކަ ނުވަތަ ރިޕޯޓު ފިޔަވާ އެހެން ސުވާލުތަކުގެ މާކުހުގެ ފަރަގު 3 އަކަށްވުރެ ބޮޑުނަމަ އެ ސުވާލުތައް މާކު ކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑާބެހޭ ގޮތުން އޮޅުން ފިލުވައިދީ މާކަރުންނަށް އިރުޝާދު ދޭންވާނެއެވެ. )މަޒުމޫނާއި ވާހަކަ ނުވަތަ ރިޕޯޓުގެ ތަފާތެއްކަމަށް ބަލާނީ 5 މާކުހުގެ ފަރަގު ހުންނަ ނަމައެވެ.) 3.9 މާކިންގެ ތަފާތު ބޮޑުނަމަ އެ ޕެ ކެޓުގެ އެހެން ކަރުދާހެއް މޮޑެރޭޓު ކުރަން ވާނެއެވެ. މިގޮތަށް މޮޑަރޭޓު ކުރުމުންވެސް އެކުށް ތަކުރާރުވާނަމަ، އެ ޕެކެޓުގެ އެ ސުވާލު، މާކަރު ލައްވާ އަލުން މާކުކުރުވަން ވާނެއެވެ. ތަފާތު ނުވާނަމަ ކުރިން މާކުކުރި ކަރުދާހުގެ އެ ސުވާލު އިސްލާހު ކުރުވާނީއެވ.
|
||||||||||||||||||
|
މާކްސް ދެވޭ ގޮތުގެ ތަފްޞީލް |
|
||||||||||||||||||
|
އެގްޒޭމިނަރުން މަސައްކަތަށް އެދި ހުށަހަޅާ ފަރާތްތަކަށް މާކުސް ލިބޭނެގޮތް
|
|
||||||||||||||||||
|
މަސައްކަތްކުރަންޖެހޭ މުއްދަތު |
30 ނޮވެމްބަރ 2025 އިން 10 ޖަނަވަރީ 2026 އަށް |
||||||||||||||||||
|
މަސައްކަތް ކުރިއަށް ދާނެ ތާރީޚާއި ވަގުތު |
މާކިންގ ސްކީމް ފައިނަލް ކުރުން: 30 ނޮވެމްބަރ 2025 އިން 14 ޑިސެމްބަރ 2025 އަށް (14:00 އިން 18:00 އަށް) މާކިންގ ތަމްރީން: 15 ޑިސެމްބަރ 2025 އިން 18 ޑިސެމްބަރ 2025 އަށް (ހެނދުނު 14:00 އިން 18:00 އަށް) މާކިންގ: 21 ޑިސެމްބަރ 2025 އިން 10 ޖަނަވަރީ 2025 އަށް (ހެނދުނު 8:00 އިން 18:00 އަށް) |
||||||||||||||||||
|
ހުށަހަޅަންޖެހޭ ތަކެތި: |
|
||||||||||||||||||
|
ސުންގަޑި: |
06 ނޮވެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން |
||||||||||||||||||
|
އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު: |
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 09 ނޮވެމްބަރ 2025 އާއި 20ނޮވެމްބަރ 2025 އާ ދެމެދުގެ ތާރީޚެއްގައި، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް ގައެވެ. |
||||||||||||||||||
|
އެދެންވީ ގޮތް: |
https://forms.gle/UXeS3xg698HgJHuh8
|