އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ޑްރައިވަރ

 

IUL:E2/IL/2025/19

ޑްރައިވަރ (2*)

 

މަޤާމުގެ ޝަރުޠު:

  • ގްރޭޑް 7 ނިންމާފައިވުން
  • ވެހިކަލް ދުއްވުމުގެ ލައިސަންސް އޮތުން (ކެޓަގަރީ B1, B2 )
  • އުމުރުން 20 އަހަރާއި 40 އަހަރާއި ދެމެދުގެ  ފަރާތަކަށްވުން

.

މަޤާމުގެ ގިންތި:

  •  ކޮންޓްރެކްޓް (1 އަހަރު)   

މަގާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • ބަރު އެއްޗެހި އުފުލޭ މީހެއް ކަމުގައިވުން
  • ބުރަކޮށް މަސައްކަތް ކުރެވޭ ހަލުވި މީހެއްކަމުގައިވުން

އާއްމުކޮށް ކުރަންޖެހޭ މަސައްކަތް:

  • ހުރިހާ އުޅަނދުފަހަރަށް ބޭނުންވާ ހިދުމަތްތައް ފާހަގަކޮށް އުޅަދުފަހަރު ސާފުކޮށް މަރާމަތުކުރާ ތާވަލު ހަމަޖެއްސުން.
  • ރިފިއުލިންގްއަށް ބޭނުންވާ ތެލާއި ފެން ފޯރުކޮށް އަދި ހިފަހެއްޓުން.
  • ރަންވޭ، ރަންވޭ ކައިރި ސަރަހައްދުތައް އަދި ސުޕަވައިޒަރ ހަވަލުކުރާ އެހެނިހެން ތަންތަނުގައި ލޯންމޯވާ އިން ވިނަ ކޮށުން.
  • މީހުން އަދި މުދާ މަސައްކަތު ސަރަހައްދުތަކަށް ގެންގޮސްދިނުމާއި ބަލާދިއުން.
  • އިމާރާތްތަކުންނާއި އެހެނިހެން ތަންތަނުން ކުނި ނަގައި ޓްރެކްޓަރ އިން ކުނި ނަގާ ސަރަހައްދުތަކަށް ގެންގޮސް އުކާލުން.
  • ޑްރައިވަރުން އަދާކުރަންޖެހޭ އެހެނިހެން މަސައްކައްތައް އަދާކުރުން.  
  • މެނޭޖްމެންޓްއިން ހަވާލުކުރާ އެހެނިހެން މަސައްކަތްތައް އަދާކުރުން.

މުސާރަ އާއި އިނާޔަތްތައް:

  • މުސާރަ: -/5,000 ރުފިޔާ
  • ސާވިސް އެލަވަންސް -/3,450 ރުފިޔާ
  • އަދި ހަމަ ޖެހިފައިވާ އުސޫލުން އެހެނިހެން އެލަވަންސްތައް ދެވޭނެ.

މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 26 އޮކްޓޯބަރ 2025 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ އެޑްމިން އޮފީހަށް ފުރިހަމަ ކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމް، އަދި ކުށުގެ ރިކޯޑް ފޯމް ، ސީވީ އަދި އެހެނިހެން ލިޔުންތަކުގެ ކޮޕީ ހުށަހެޅުއްވުމަށް ދަންނަވަމެވެ. ( ވަޒީފާ އަށް އެދޭ ފޯމް އަދި ކުށުގެ ރެކޯޑް ފޯމް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައި) އޮންލައިންކޮށް ވަޒީފާއަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން https://jobs.ganairport.com/   ބަޔާން ކުރެވިފައިވާ ލިންކް މެދުވެރިކޮށް އެޕްލައި ކުރެއްވުން އެދެމެވެ.

ނޯޓް: އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

09 އޮކްޓޫބަރު 2025
ހޯދާ