ދިވެހިރާއްޖެ
IUL:E2/IL/2025/19
ޑްރައިވަރ (2*)
މަޤާމުގެ ޝަރުޠު:
- ގްރޭޑް 7 ނިންމާފައިވުން
- ވެހިކަލް ދުއްވުމުގެ ލައިސަންސް އޮތުން (ކެޓަގަރީ B1, B2 )
- އުމުރުން 20 އަހަރާއި 40 އަހަރާއި ދެމެދުގެ ފަރާތަކަށްވުން
.
މަޤާމުގެ ގިންތި:
- ކޮންޓްރެކްޓް (1 އަހަރު)
މަގާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:
- ބަރު އެއްޗެހި އުފުލޭ މީހެއް ކަމުގައިވުން
- ބުރަކޮށް މަސައްކަތް ކުރެވޭ ހަލުވި މީހެއްކަމުގައިވުން
އާއްމުކޮށް ކުރަންޖެހޭ މަސައްކަތް:
- ހުރިހާ އުޅަނދުފަހަރަށް ބޭނުންވާ ހިދުމަތްތައް ފާހަގަކޮށް އުޅަދުފަހަރު ސާފުކޮށް މަރާމަތުކުރާ ތާވަލު ހަމަޖެއްސުން.
- ރިފިއުލިންގްއަށް ބޭނުންވާ ތެލާއި ފެން ފޯރުކޮށް އަދި ހިފަހެއްޓުން.
- ރަންވޭ، ރަންވޭ ކައިރި ސަރަހައްދުތައް އަދި ސުޕަވައިޒަރ ހަވަލުކުރާ އެހެނިހެން ތަންތަނުގައި ލޯންމޯވާ އިން ވިނަ ކޮށުން.
- މީހުން އަދި މުދާ މަސައްކަތު ސަރަހައްދުތަކަށް ގެންގޮސްދިނުމާއި ބަލާދިއުން.
- އިމާރާތްތަކުންނާއި އެހެނިހެން ތަންތަނުން ކުނި ނަގައި ޓްރެކްޓަރ އިން ކުނި ނަގާ ސަރަހައްދުތަކަށް ގެންގޮސް އުކާލުން.
- ޑްރައިވަރުން އަދާކުރަންޖެހޭ އެހެނިހެން މަސައްކައްތައް އަދާކުރުން.
- މެނޭޖްމެންޓްއިން ހަވާލުކުރާ އެހެނިހެން މަސައްކަތްތައް އަދާކުރުން.
މުސާރަ އާއި އިނާޔަތްތައް:
- މުސާރަ: -/5,000 ރުފިޔާ
- ސާވިސް އެލަވަންސް -/3,450 ރުފިޔާ
- އަދި ހަމަ ޖެހިފައިވާ އުސޫލުން އެހެނިހެން އެލަވަންސްތައް ދެވޭނެ.
މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 26 އޮކްޓޯބަރ 2025 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ އެޑްމިން އޮފީހަށް ފުރިހަމަ ކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމް، އަދި ކުށުގެ ރިކޯޑް ފޯމް ، ސީވީ އަދި އެހެނިހެން ލިޔުންތަކުގެ ކޮޕީ ހުށަހެޅުއްވުމަށް ދަންނަވަމެވެ. ( ވަޒީފާ އަށް އެދޭ ފޯމް އަދި ކުށުގެ ރެކޯޑް ފޯމް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައި) އޮންލައިންކޮށް ވަޒީފާއަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން https://jobs.ganairport.com/ ބަޔާން ކުރެވިފައިވާ ލިންކް މެދުވެރިކޮށް އެޕްލައި ކުރެއްވުން އެދެމެވެ.
ނޯޓް: އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.