އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ (ގްރޭޑް 1) - ޓްރެއިނިންގ އެންޑް ސްޓޭކްހޯލްޑަރ ރިލޭޝަންސް

 

މަޤާމް :ސީނިއަރ އޮފިސަރ (ގްރޭޑް 1)
ބޭނުންވާ އަދަދު :1
 

މަސައްކަތް ކުރަންޖެހޭތަން

އޮޑިޓަރ ޖެނެރަލްގެ އޮފީސް 

ޑިޕާޓްމަންޓް

ކޯޕަރޭޓް ސަރވިސަސް

އަސާސީ މުސާރަ

-/9000ރ.

ސަރވިސް އެލަވަންސް

ސަރވިސް އެލަވަންސް (ފިކްސްޑް): -/3300 

ދުވާލަކަށް -/120ރ. (ދުވާލަކަށް)

ލިވިންގ އެލަވަންސް

-/2500ރ.

އޮޑިޓް އެލަވަންސް

-/2000ރ.

ޕްރޮފެޝަނަލް އެލަވަންސް

ޑިގްރީ ހާސިލްކޮށްފައިވާނަމަ -/1000ރ.

އެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައިވާނަމަ -/750ރ.

އަސާސީ ޝަރުތު

  1. މަސައްކަތުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައި ވުމާއިއެކު މަސައްކަތާއިގުޅޭ ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަސައްކަތުގެ ދާއިރާއިން އެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައި ވުމާއެކު މަސައްކަތާއިގުޅޭ ދާއިރާއިން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  3. އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.

އެހެނިހެން ޝަރުތު

  1. މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފާހަމަޖެހުމަށްފަހު، މިއޮފީހުގެ މުވައްޒަފުން ސުލޫކީގޮތުންޢަމަލުކުރަންޖެހޭ އުސޫލާއި އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.
  2. ދައުލަތުގެ އެއްވެސް ކުންފުންޏެއްގެ އަދި ދައުލަތް ހިއްސާވާ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑްގެ މެމްބަރެއްކަމުގައި ނުވުން.  
  3. ދައުލަތް ހިއްސާވާ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.

މަގާމުގެ މަސްއޫލިއްޔަތު

 

  1. އޮފީހުގައި ކުރަންޖެހޭ އެންމެހައި ގުރެފިކްސް އަދި މަލްޓިމީޑިއާ އާއި ގުޅުންހުރި މަސައްކަތްތައް ކުރުން. މީގެ ތެރޭގައި، ތިރީގައި މިދަންނަވާކަންތައް ހިމެނެއެވެ.

ހ. ސޯޝަލްމީޑިއާ ޕޯސްޓް ހެދުން

ށ. އިވެންޓްތަކަށް ނުވަތަ ޕްރޮމޯޝަންތަކަށް ބޭނުންވާ ކޮންސެޕްޓް ޑިޒައިންކުރުން އަދި މޭޓީރިއަލްތައް ހެދުން.

ނ. ވެބްސައިޓަށް ބޭނުންވާ ގްރެފިކްސް މަސައްކަތް.

ރ. އެކިއެކި ކަންކަމަށް ބޭނުންވާ ގްރެފިކްސް އަދި އިންފޯގްރެފިކްސް ހެދުން.

ބ. ޑިޒައިންގެ ދާއިރާއަށް އަންނަ އާ ޓްރެންޑްތަކާއި ބަދަލުތައް ދިރާސާކުރުމަށްފަހު، އޮފީހުގެ މަސައްކަތްތަކަށް އެކަންކަން އެއްގޮތްކޮށް، ކުރިއެރުވުން.

ޅ. އެކިއެކި ބޭނުންތަކަށް ފޮޓޯ އަދި ވިޑިއޯ ނެގުމާއި އެޑިޓްކުރުން.

ކ. އޮފީހުގެ ޑިޖިޓަލް ފޮޓޯ އާކައިވް ބެލެހެއްޓުމުގެ މަސައްކަތް.

އ. އޮފީހުގެ ތަފާތު ބޭނުންތަކަށް ބޭނުންވާ  ލިޔެކިޔުންތަކުގެ ފަރުމާ (ލޭއައުޓް) އެކުލަވާލުން.

  1. ފަސޭހައިން ފެންނާނެ. ތަރުތީބު ކުރެވިފައިވާ ގޮތަކަށް ޓްރޭނިންގ މެޓީރިއަލްސް އާކައިވްކޮށް ބެލެހެއްޓުމުގައި ޔުނިޓުގެ އެހެންމުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  2.  އިންސްޓިޓިއުޓް އޮފް އޮޑިޓް އެންޑް އެޝުއަރެންސްއިން ހިންގާ ތަމްރީނުތައް މާރކެޓް ކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް ރާވާ، ހިންގާ ބެލެހެއްޓުން
  3. އިންސްޓިޓިއުޓް އޮފް އޮޑިޓް އެންޑް އެޝުއަރެންސްގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭން ތަންފީޒުކުރުމުގެ ބައިވެރިއެއްގެ ގޮތުން ޕްލޭން ތަންފީޒުކުރުމުގައި ކުރަންޖެހޭ ކަންކަން ރޭވުމުގައި އެހީތެރިވުން.
  4. ޔުނިޓަށް ބޭނުންވާ އެސްއޯޕީ އަދި މެނުއަލްސް ފަދަ ލިޔެކިޔުން ތައްޔާރުކުރުމުގައި އެހީތެރިވުން.
  5. ކޮމިއުނިކޭޝަން އެންޑް ސްޓޭކްހޯލްޑަރ ރިލޭޝަންސް ސްޓްރެެޓެޖީ ތަންފީޒު ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން
  6. މި އަޮފީހަކީ ޢާއްމުންގެ ކުރިމަތީގައި މަޤްބޫލު އޮފީހަކަށް ހެދުމުގެ ގޮތުން އޮފީހުގެ މުހިއްމު މަސައްކަތްތަކާއި ކާމިޔާބީ ޙިއްސާކޮށް އޮފީހުގެ ރެޕިއުޓޭޝަން ރައްކާތެރިކުރުމަށް މަސައްކަތްކުރުން 
  7. ޢާއްމުން އަދި ސްޓޭކްހޯލްޑަރުންނާއެކު މުޢާމަލާތް ކުރެވޭ ގޮތްތައް ކުރިއަރުވާ، ޒަމާނާއި ގުޅޭ ބަދަލުތައް ގެންނަން ޔުނިޓުން ކުރާމަސައްކަތްތަކުގައި އެހީތެރިވުން.
  8. ސްޓޭކްހޯލްޑަރުންނާއި ގުޅުން ޤާއިމު ކުރުމަށާއި ގުޅުން ދެމެހެއްޓުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ރާވާ ހިންގުމުގައި އެހީތެރިވުން.
  9. މިއޮފީހުން ކުރާކަންކަމާއި ގުޅޭ މަޢްލޫމާތު ވެބްސައިޓާއި ސޯޝަލް މީޑިއާގައި ހިއްސާކުރުމުގެ ކަންކަން ރާވާ، ހިންގާ ބެލެހެއްޓުމާއި އާއްމު ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ރާވާ ހިންގުމުގައި އެހީތެރިވުން.
  10. އޮފީހުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މިމަޤާމަށް ޝައުގުވެރިވެލައްވާ ބޭފުޅުން އެޕްލިކޭޝަން ފޮނުއްވާނީ ހަމައެކަނި މި އޮފީހުގެ އޮންލައިން ޖޮބް ޕޯޓަލް އިންނެވެ. މި ޕޯޓަލްގެ ލިންކަކީ https://www.audit.gov.mv/vacancies މިއެވެ.
  2. ކަވަރ ލެޓަރ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ

5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)

6. ވަަޒީފާއަށް އެދި ހުށަހަޅާ ފަރާތާބެހޭގޮތުން މަޢުލޫމާތު ދެވޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަޢުލޫމާތު.

އެހެނިހެން

  1. އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު، އެ ކެނޑިޓޭޓެއްގެ ސްޓޭޓަސް  ޖޮބް ޕޯޓަލް އިން ފެންނަން ހުންނާނެއެވެ.
  2. ސްކްރީންކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ޓެކްނިކަލް އެސެސްމަންޓެއް ދެވޭނެއެވެ.
  3.  ތައުލީމާ ތަޖުރިބާ އަދި ޓެކްނިކަލް އެސެސްމަންޓްގެ މާރކްސްއަށް ބެލުމަށްފަހު، 5 ކެނޑިޑޭޓުންނަށް ވުރެ މަދު ނުވާގޮތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓްވިކަން ނުވަތަ ނޫންކަން ޖޮބް ޕޯޓަލް އިން ފެންނަންހުންނާނެއެވެ. އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓްވާ ކެޑިޑޭޓުންނަށް އެކަންޏެވެ.
  4. މިމަޤާމަށް މުވަައްޒަފަކު ހޮވުމުގައި ބެލެވޭނީ، ކެނޑިޑޭޓްގެ ތަޖުރިބާ، ދެވިފައިވާ އެސެސްމަންޓްތައް އަދި އިންޓަރވިއުގެ މާރކްސްއަށެވެ.
  5. މި މަޤާމަށް މީހަކު ހޮވުމުގައި ތައުލީމާ ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
  6. އެސެސްމަންޓަށް ނުވަތަ އިންޓަރވިއުއަށް ވަޑައިގަތުމަށް މިއޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބާކާހުރެ ކެނޑިޑޭޓަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އެސެސްމަންޓް ނުވަތަ އިންޓަރވިއު ނުދެވޭނެއެވެ.

އެޕްލިކޭޝަން ފުރިހަމަކުރަންވީ ތާރީޚާއި ގަޑި

16 އޮކްޓޫބަރު 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއޮފީހުގެ ވެބްސައިޓްގައިވާ ޖޮބްޕޯޓަލްއިން. 

https://www.audit.gov.mv/vacancies

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، ,3348200, 3348273 ނަންބަރު ފޯނަށެވެ.

 
06 އޮކްޓޫބަރު 2025
ހޯދާ