- އޮފީހުގައި ކުރަންޖެހޭ އެންމެހައި ގުރެފިކްސް އަދި މަލްޓިމީޑިއާ އާއި ގުޅުންހުރި މަސައްކަތްތައް ކުރުން. މީގެ ތެރޭގައި، ތިރީގައި މިދަންނަވާކަންތައް ހިމެނެއެވެ.
ހ. ސޯޝަލްމީޑިއާ ޕޯސްޓް ހެދުން
ށ. އިވެންޓްތަކަށް ނުވަތަ ޕްރޮމޯޝަންތަކަށް ބޭނުންވާ ކޮންސެޕްޓް ޑިޒައިންކުރުން އަދި މޭޓީރިއަލްތައް ހެދުން.
ނ. ވެބްސައިޓަށް ބޭނުންވާ ގްރެފިކްސް މަސައްކަތް.
ރ. އެކިއެކި ކަންކަމަށް ބޭނުންވާ ގްރެފިކްސް އަދި އިންފޯގްރެފިކްސް ހެދުން.
ބ. ޑިޒައިންގެ ދާއިރާއަށް އަންނަ އާ ޓްރެންޑްތަކާއި ބަދަލުތައް ދިރާސާކުރުމަށްފަހު، އޮފީހުގެ މަސައްކަތްތަކަށް އެކަންކަން އެއްގޮތްކޮށް، ކުރިއެރުވުން.
ޅ. އެކިއެކި ބޭނުންތަކަށް ފޮޓޯ އަދި ވިޑިއޯ ނެގުމާއި އެޑިޓްކުރުން.
ކ. އޮފީހުގެ ޑިޖިޓަލް ފޮޓޯ އާކައިވް ބެލެހެއްޓުމުގެ މަސައްކަތް.
އ. އޮފީހުގެ ތަފާތު ބޭނުންތަކަށް ބޭނުންވާ ލިޔެކިޔުންތަކުގެ ފަރުމާ (ލޭއައުޓް) އެކުލަވާލުން.
- ފަސޭހައިން ފެންނާނެ. ތަރުތީބު ކުރެވިފައިވާ ގޮތަކަށް ޓްރޭނިންގ މެޓީރިއަލްސް އާކައިވްކޮށް ބެލެހެއްޓުމުގައި ޔުނިޓުގެ އެހެންމުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- އިންސްޓިޓިއުޓް އޮފް އޮޑިޓް އެންޑް އެޝުއަރެންސްއިން ހިންގާ ތަމްރީނުތައް މާރކެޓް ކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް ރާވާ، ހިންގާ ބެލެހެއްޓުން
- އިންސްޓިޓިއުޓް އޮފް އޮޑިޓް އެންޑް އެޝުއަރެންސްގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭން ތަންފީޒުކުރުމުގެ ބައިވެރިއެއްގެ ގޮތުން ޕްލޭން ތަންފީޒުކުރުމުގައި ކުރަންޖެހޭ ކަންކަން ރޭވުމުގައި އެހީތެރިވުން.
- ޔުނިޓަށް ބޭނުންވާ އެސްއޯޕީ އަދި މެނުއަލްސް ފަދަ ލިޔެކިޔުން ތައްޔާރުކުރުމުގައި އެހީތެރިވުން.
- ކޮމިއުނިކޭޝަން އެންޑް ސްޓޭކްހޯލްޑަރ ރިލޭޝަންސް ސްޓްރެެޓެޖީ ތަންފީޒު ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން
- މި އަޮފީހަކީ ޢާއްމުންގެ ކުރިމަތީގައި މަޤްބޫލު އޮފީހަކަށް ހެދުމުގެ ގޮތުން އޮފީހުގެ މުހިއްމު މަސައްކަތްތަކާއި ކާމިޔާބީ ޙިއްސާކޮށް އޮފީހުގެ ރެޕިއުޓޭޝަން ރައްކާތެރިކުރުމަށް މަސައްކަތްކުރުން
- ޢާއްމުން އަދި ސްޓޭކްހޯލްޑަރުންނާއެކު މުޢާމަލާތް ކުރެވޭ ގޮތްތައް ކުރިއަރުވާ، ޒަމާނާއި ގުޅޭ ބަދަލުތައް ގެންނަން ޔުނިޓުން ކުރާމަސައްކަތްތަކުގައި އެހީތެރިވުން.
- ސްޓޭކްހޯލްޑަރުންނާއި ގުޅުން ޤާއިމު ކުރުމަށާއި ގުޅުން ދެމެހެއްޓުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ރާވާ ހިންގުމުގައި އެހީތެރިވުން.
- މިއޮފީހުން ކުރާކަންކަމާއި ގުޅޭ މަޢްލޫމާތު ވެބްސައިޓާއި ސޯޝަލް މީޑިއާގައި ހިއްސާކުރުމުގެ ކަންކަން ރާވާ، ހިންގާ ބެލެހެއްޓުމާއި އާއްމު ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ރާވާ ހިންގުމުގައި އެހީތެރިވުން.
- އޮފީހުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
|