މަޤާމު
|
ބޯސުން
|
ބޭނުންވާ ޢަދަދު
|
1( އެކެއް )
|
ވަޒީފާގެ ބާވަތް
|
01 ކޮންޓްރެކްޓް ( ފުރަތަމަ 03 މަސް ޕްރޮބޭޝަން)
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ރަންދި 25 (ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް)
|
މުސާރަ:
|
12236.00 ރުފިޔާ
|
ޝަރުޠު:
|
މަސައްކަތުގެ ހުނަރާއި، ތަޖުރިބާ ލިބިފައިވުން ނުވަތަ މަޤާމާއި ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހު ވަޒީފާ އަދާކޮށްފައިވުން.
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- ބޯޓުގެ ޑެކްކުރޫންގެ މަސައްކަތްތައް ހިގާ ނުހިގާގޮތް ބަލާ ސީދާ ކެޕްޓަނަށް ރިޕޯރޓް ކުރުން.
- ކުރޫންނަށް މަސައްކަތް ހަވާލުކޮށް މަސައްކަތް ކުރުވުން.
- ބޯޓުގެ ބަދިގެ، މެސްރޫމް، ފާޚާނާ، އެކޮމޮޑޭޝަން، ސްޓޯރ އަދި ޑެކްމަތި ފަދަ ތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުން.
- ބޯޓަށް ގެންނަ މުދާ ހަވާލުވެ، މުދަލުގެ އިންވެންޓްރީ ބަލަހައްޓާ، ސްޓޯރުގައި އެތަކެތި ބަހައްޓައިގެން މަސައްކަތަށް ބޭނުންވާ ވަރަށް ދޫކޮށް އެތަކެއްޗަށް ވާނުވާ ބެލުން.
- ބޯޓު ބަދަރު ކުރާއިރުއާއި ޖެޓީގައި އެލޯންގ ސައިޑް ކުރާއިރު ސަލާމަތްކަމާއި ރައްކާތެރި ގޮތަށް ކެޕްޓަންގެ އިރުޝާދާ އެއްގޮތަށް އެންކަރު ލުމާއި ވާވެލާވެލިތައްލުން.
- ބޯޓަށް އެރުވޭ މުދަލާ ބޯޓުގެ ފަރާތުން ހަވާލުވެ ކަޑައެޅިފައިވާ ތަނަށް ގެންދެވެންދެން ރައްކާތެރިކަމާއެކު ބެލެހެއްޓުން އަދި މިތަކެތި ހަވާލުވެ އަދި ދޫކުރާއިރު ލިޔެކިޔުންތައް ފުރިހަމަ ކުރުން.
- ވަކިބާވަތެއްގެ މުދަލެއް ބޯޓަށް އަރުވައިފިނަމަ (ފިނިކުރި ތަކެތި/ ތަރުކާރީ / ކަރުދާސް ފޮށި / ލަކުޑި) މިތަކެތި ހަލާކު ނުވާނޭހެން ބޯޓުތެރޭގައި ބެހެއްޓޭނެ އިންތިޒާމެއް ކެޕްޓަންގެ މަޝްވަރާޔާއެކު ހަމަޖައްސަވާ މިފަދަ ތަކެތި ހަލާކުނުވެ ގެންދަންޖެހޭ ބޯޓު/ސެންޓަރަށް ގެންދިއުން.
ބޯޓުގައި ކުރެވޭ މަސައްކަތްތަކުގައި އެހެނިހެން މުވައްޒަފުންނަށް އެހީތެރިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:
|
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.
|
އިންޓަރވިއުކުރުން:
|
އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.
|
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).
- ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).
|
ތަކެތި ހުށަހަޅަންޖެހޭ އޮފީސް:
|
- ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 22 ސެޕްޓެމްބަރ 2025 ވާ އަދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން
- މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
|
|