ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I/2025/192
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:34
ސުންގަޑި: 22 ސެޕްޓެންބަރު 2025 12:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބޯސުން / ރަންދި 25

ވަޒީފާގެ ފުރުޞަތު

މި ކުންފުނީގެ ތިރީގައިމިވާ މަޤާމްތަކަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

 ބޯސުން

ބޭނުންވާ ޢަދަދު

  1އެކެއް )

ވަޒީފާގެ ބާވަތް

  01 ކޮންޓްރެކްޓް ( ފުރަތަމަ 03 މަސް ޕްރޮބޭޝަން)

ވަޒީފާ އަދާކުރަންޖެހޭ ތަން:

  ރަންދި 25 (ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް)

މުސާރަ:

 12236.00 ރުފިޔާ

ޝަރުޠު:

މަސައްކަތުގެ ހުނަރާއި، ތަޖުރިބާ ލިބިފައިވުން ނުވަތަ މަޤާމާއި ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހު ވަޒީފާ އަދާކޮށްފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ބޯޓުގެ ޑެކްކުރޫންގެ މަސައްކަތްތައް ހިގާ ނުހިގާގޮތް ބަލާ ސީދާ ކެޕްޓަނަށް  ރިޕޯރޓް ކުރުން.
  • ކުރޫންނަށް މަސައްކަތް ހަވާލުކޮށް މަސައްކަތް ކުރުވުން.
  • ބޯޓުގެ ބަދިގެ، މެސްރޫމް، ފާޚާނާ، އެކޮމޮޑޭޝަން، ސްޓޯރ އަދި ޑެކްމަތި ފަދަ  ތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުން.
  • ބޯޓަށް ގެންނަ މުދާ ހަވާލުވެ، މުދަލުގެ އިންވެންޓްރީ ބަލަހައްޓާ، ސްޓޯރުގައި  އެތަކެތި ބަހައްޓައިގެން މަސައްކަތަށް ބޭނުންވާ ވަރަށް ދޫކޮށް އެތަކެއްޗަށް  ވާނުވާ ބެލުން.
  • ބޯޓު ބަދަރު ކުރާއިރުއާއި ޖެޓީގައި އެލޯންގ ސައިޑް ކުރާއިރު ސަލާމަތްކަމާއި  ރައްކާތެރި ގޮތަށް ކެޕްޓަންގެ އިރުޝާދާ އެއްގޮތަށް އެންކަރު ލުމާއި ވާވެލާވެލިތައްލުން.
  • ބޯޓަށް އެރުވޭ މުދަލާ ބޯޓުގެ ފަރާތުން ހަވާލުވެ ކަޑައެޅިފައިވާ ތަނަށް  ގެންދެވެންދެން ރައްކާތެރިކަމާއެކު ބެލެހެއްޓުން އަދި މިތަކެތި ހަވާލުވެ  އަދި ދޫކުރާއިރު ލިޔެކިޔުންތައް ފުރިހަމަ ކުރުން.
  • ވަކިބާވަތެއްގެ މުދަލެއް ބޯޓަށް އަރުވައިފިނަމަ (ފިނިކުރި ތަކެތި/ ތަރުކާރީ / ކަރުދާސް ފޮށި / ލަކުޑި) މިތަކެތި ހަލާކު ނުވާނޭހެން ބޯޓުތެރޭގައި ބެހެއްޓޭނެ އިންތިޒާމެއް ކެޕްޓަންގެ މަޝްވަރާޔާއެކު ހަމަޖައްސަވާ މިފަދަ ތަކެތި ހަލާކުނުވެ ގެންދަންޖެހޭ ބޯޓު/ސެންޓަރަށް ގެންދިއުން.

ބޯޓުގައި ކުރެވޭ މަސައްކަތްތަކުގައި އެހެނިހެން މުވައްޒަފުންނަށް އެހީތެރިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).
  • ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
  • ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • އެޕްލިކޭޝަން ހުށަހަޅާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަންއަށް ނުވަތަ އީމެއިލ ކުރައްވާނީ  [email protected]  އަށެވެ.
  • ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 22 ސެޕްޓެމްބަރ 2025 ވާ އަދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.

15 ސެޕްޓެންބަރު 2025