ދިވެހިރާއްޖެ
މި ކައުންސިލުން މިއަހަރު ކުރިއަށް ގެންދާ "ކެލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2025" ނަމުގައި 15 ނޮވެންބަރު 2025 ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފުޓްސަލް، ހޭންޑްބޯލް އަދި ވޮލީ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލަމެވެ.
މުބާރާތުގެ ނަން |
އިތުރު ތަފްސީލް |
ފުޓްސަލް މުބާރާތް |
މި މުބާރާތުގައި ބައިވެރިވެވޭނީ ކެލާގެ މުއައްސަސާތަކަށާއި ކުލަބު / ޖަމްޢިއްޔާތަކަށް ނިސްބަތްވާ ޓީމުތަކަށާއި އަދި ކެލާ ކައުންސިލުން ރާވާ ހިންގާ ކުޅިވަރު މުބާރާތްތަކުގައި ޓީމްތައް ބައިވެރިވުމާ ބެހޭ އުޞޫލުގެ ދަށުން ކައުންސިލްގައި ރަޖިސްޓްރީ ކޮށްފައިވާ ޓީމްތަކަށްށެވެ. |
ހޭންޑްބޯލް މުބާރާތް |

ވޮލީ މުބާރާތް (އަންހެން އަދި ފިރިހެން ޑިވިޜަން) |
މި މުބާރާތުގައި ބައިވެރިވެވޭނީ ހއ. އަދި ހދ. އަތޮޅުގެ މުއައްސަސާތަކަށާއި ކުލަބް / ޖަމްޢިއްޔާތަކަށް ނިސްބަތްވާ އަންހެން އަދި ފިރިހެން ވަކިވަކި ޓީމުތަކަށެވެ. |
މި ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވެލައްވަން ބޭނުންވާ ޓީމުތަކުން 2025 ސެޕްޓެމްބަރ 25 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކެލާ ކައުންސިލް އިދާރާއަށް ރަޖިސްޓްރޭޝަން ފޯމު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މުބާރާތްތަކުގައި ރަޖިސްޓްރީ ވުމަށްއެދޭ ފޯމު ކެލާ ކައުންސިލްގެ ވެބްސައިޓް www.kelaa.gov.mv އަދި އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކުޅިވަރު މުބާރާތްތަކުގެ ޤަވާއިދުތައް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.