ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)249-B/249/2025/81
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 12:27
ސުންގަޑި: 25 ސެޕްޓެންބަރު 2025 14:00
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2025

          މި ކައުންސިލުން މިއަހަރު ކުރިއަށް ގެންދާ "ކެލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2025" ނަމުގައި 15 ނޮވެންބަރު 2025 ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފުޓްސަލް، ހޭންޑްބޯލް އަދި ވޮލީ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލަމެވެ.

 

މުބާރާތުގެ ނަން

އިތުރު ތަފްސީލް

ފުޓްސަލް މުބާރާތް

މި މުބާރާތުގައި ބައިވެރިވެވޭނީ ކެލާގެ މުއައްސަސާތަކަށާއި ކުލަބު / ޖަމްޢިއްޔާތަކަށް ނިސްބަތްވާ ޓީމުތަކަށާއި އަދި ކެލާ ކައުންސިލުން ރާވާ ހިންގާ ކުޅިވަރު މުބާރާތްތަކުގައި ޓީމްތައް ބައިވެރިވުމާ ބެހޭ އުޞޫލުގެ ދަށުން ކައުންސިލްގައި ރަޖިސްޓްރީ ކޮށްފައިވާ ޓީމްތަކަށްށެވެ.

ހޭންޑްބޯލް މުބާރާތް

މި މުބާރާތުގައި ބައިވެރިވެވޭނީ ކެލާގެ މުއައްސަސާތަކަށާއި ކުލަބު / ޖަމްޢިއްޔާތަކަށް ނިސްބަތްވާ ޓީމުތަކަށާއި އަދި ކެލާ ކައުންސިލުން ރާވާ ހިންގާ ކުޅިވަރު މުބާރާތްތަކުގައި ޓީމްތައް ބައިވެރިވުމާ ބެހޭ އުޞޫލުގެ ދަށުން ކައުންސިލްގައި ރަޖިސްޓްރީ ކޮށްފައިވާ ޓީމްތަކަށްށެވެ.

ވޮލީ މުބާރާތް

(އަންހެން އަދި ފިރިހެން ޑިވިޜަން)

މި މުބާރާތުގައި ބައިވެރިވެވޭނީ ހއ. އަދި ހދ. އަތޮޅުގެ މުއައްސަސާތަކަށާއި ކުލަބް / ޖަމްޢިއްޔާތަކަށް ނިސްބަތްވާ އަންހެން އަދި ފިރިހެން ވަކިވަކި ޓީމުތަކަށެވެ.

 

          މި ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވެލައްވަން ބޭނުންވާ ޓީމުތަކުން 2025 ސެޕްޓެމްބަރ 25 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކެލާ ކައުންސިލް އިދާރާއަށް ރަޖިސްޓްރޭޝަން ފޯމު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މުބާރާތްތަކުގައި ރަޖިސްޓްރީ ވުމަށްއެދޭ ފޯމު ކެލާ ކައުންސިލްގެ ވެބްސައިޓް www.kelaa.gov.mv  އަދި އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކުޅިވަރު މުބާރާތްތަކުގެ ޤަވާއިދުތައް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

09 ސެޕްޓެންބަރު 2025