ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކީ ސްޓޭޖް 3 ނިންމާ ދަރިވަރުންނަށް ކުރިއަށް ގެންދާ ނެޝަނަލް އެސެސްމަންޓް އޮފް ލަރނިން އައުޓްކަމްސް (ނާލޯ)ގެ ދިވެހި މާއްދާގެ ޖަވާބު ކަރުދާސްތައް މާކުރުމުގެ މަސައްކަތްކޮށްދޭނެ މީހުން ހޯދުން

ކީ ސްޓޭޖް 3 ނިންމާ ދަރިވަރުންނަށް ކުރިއަށް ގެންދާ ނެޝަނަލް އެސެސްމަންޓް އޮފް ލަރނިން އައުޓްކަމްސް (ނާލޯ)ގެ ދިވެހި މާއްދާގެ ޖަވާބު ކަރުދާސްތައް މާކުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތްތަކެއް ބޭނުންވެއެވެ. ވީމާ، މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް ޢާންމުކޮށް އިޢުލާންކުރީމެވެ.

 

ބޭނުންވާ އަދަދު

މަސައްކަތް

މަސައްކަތްކުރަންޖެހޭ މުއްދަތު

20

ދިވެހި ޕޭޕަރުގެ ލިޔުންތެރިކަމުގެ ބައި މާކުކުރުން

- 20 ސެޕްޓެންބަރ 2025 އިން 25 ސެޕްޓެންބަރ 2025 އަށް

 

މާކަރުންގެ ޝަރުޠު:

  1. 2025 ވަނަ އަހަރު ސަރުކާރު ސްކޫލެއްގެ ގްރޭޑް 9ގައި ތަޢުލީމު ޙާސިލުކުރަމުންދާ ދަރިއަކު ނެތުން.
  2. މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް އޮތުމާއެކު:
  • ކީ ސްޓޭޖް 3ގެ ދިވެހި ސިލަބަހަށް ސްކޫލެއްގައި ކިޔަވައިދޭ ފަރާތަކަށްވުން، ނުވަތަ
  • ދިވެހި މާއްދާގެ ސިލަބަހުގެ މަސައްކަތުގައި މިހާރު ވެސް ޢަމަލީގޮތުން މަސައްކަތްކުރާ ފަރާތަކަށްވުން، ނުވަތަ
  • ދިވެހި މާއްދާގެ މުދައްރިސުން ތަމްރީނުކުރުމުގެ މަސައްކަތްކުރާ ފަރާތަކަށްވުން، ނުވަތަ
  • ރަސްމީ މަސައްކަތެއްގެ ގޮތުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައި ފަންނީ ލަފާދިނުމުގެ މަސައްކަތްކުރާ ފަރާތަކަށްވުން

 

މާކުކުރުމަށް އެދޭ ފަރާތްތަކަށް މާކުސް ލިބޭނެ ގޮތް

ތަޢުލީމީ ދާއިރާއިން ހާސިލުކޮށްފައިވާ ސަނަދު

ޕީއެޗްޑީ – 20

މާސްޓަރސް – 15

ޑިގްރީ – 10

ޑިޕްލޮމާ - 5

20

ކީ ސްޓޭޖް 3އަށް ދިވެހި ކިޔަވައިދިނުމާ ގުޅޭ މަސައްކަތުގެ ތަޖުރިބާ (މިހާރުން ފެށިގެން ފާއިތުވެ ދިޔަ 5 އަހަރުތެރޭ)

 

މަދުވެގެން 1 އަހަރު – 5

2 އަހަރާ 5 އަހަރާ ދެމެދު - 10

5 އަހަރަށްވުރެ ގިނަ – 15

15

އެސްއެސްއީ ޕޭޕަރު މާކުކުރުމުގެ މަސައްކަތުގެ ތަޖުރިބާ (ފާއިތުވެ ދިޔަ 5 އަހަރުތެރޭ)

1 އަހަރު – 5

2 އަހަރާ 5 އަހަރާ ދެމެދު - 10

5 އަހަރަށްވުރެ ގިނަ – 15

15

 

 

 

 

 

 

 

 

 

 

 

 

 

 

މަސްއޫލިއްޔަތު:     

1-      ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓުގެ ފަންނީ މުވައްޒަފުންގެ ލަފަޔާއި އިރުޝާދުގެ ދަށުން، ތެދުވެރިކަމާ، އިންސާފުވެރިކަމާއެކު މާކުކުރުމުގެ އެންމެހައި މަސައްކަތްތައްކުރުން.

2-      ނާލޯގައި ބައިވެރިވި ދަރިވަރުންނާއި މާކުކުރުމުގައި ޝާމިލްވާ އެންމެހައި ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކޮށްދިނުން.

3-      މާކުކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން އެއްބަސްވުމުގައި ސޮއިކުރުން.

4-      ޙަވާލުކުރާ ޖަވާބު ކަރުދާސްތައް މާކުކުރުން.

5-      މާކިންއަށް ޙާޟިރުވާ ކޮންމެ ދުވަހެއްގެ ކޮންމެ ދަންފަޅިއެއްގައި ޙާޟިރީގައި ސޮއިކޮށް، ޙާޟިރުވި ގަޑި ނޯޓުކުރުން.

6-      މާކުކުރަން ޙަވާލުކުރާ ޖަވާބު ކަރުދާސް ޕެކެޓުގެ ބޭރުގައި، ޖަހާފައިވާ ޢަދަދަށް ޖަވާބު ކަރުދާސް ހުރިކަން ކަށަވަރުކުރުން.

7-      މާކުކުރަން ޙަވާލުކުރާ ޖަވާބު ކަރުދާސްތަކުގެ ތެރޭގައި އެ ވަގުތަކު މާކުކުރާ ކަރުދާސް ނޫން ޖަވާބު ކަރުދާހެއް އޮވެއްޖެނަމަ، މާކުކުރުވުމުގެ މަސައްކަތާ އިސްވެ ހަވާލުވެ ހުރި ފަރާތުގެ ސަމާލުކަމަށް ގެނައުން.

8-      ހަވާލުކުރާ ޖަވާބު ކަރުދާސްތައް ނިންމަން ކަނޑައަޅާ މުއްދަތަށް ނިންމައި މާކުސް ދީފައިވާކަން ކަށަވަރުކުރުން.

މަސައްކަތް ކުރިއަށް ދާނެ ތާރީޚާއި ވަގުތު

-          21 ސެޕްޓެންބަރ 2025އިން 25 ސެޕްޓެންބަރ 2025އަށް

-          8:00- ހެދުނު 8:00އިން 12:00އަށް އަދި 13:00އިން 16:00އަށް

އުޖޫރަ:

 

މާކުކުރާ ކޮންމެ ޕޭޕަރަކަށް (އެއް ލިޔުން) -/30ރ (ތިރީސް ރުފިޔާ)

ހުށަހަޅަންޖެހޭ ތަކެތި:

  • މަސައްކަތަށް އެދި ހުށަހަޅާ ސިޓީ
  • ވަނަވަރު (ސީ.ވީ)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ކިޔަވައިދޭ މާއްދާއާ ގުޅޭގޮތުން ލިބިފައިވާ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ  (އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ)
  • ވަޒީފާ އަދާކުރާނަމަ އެ ކަމުގެ ލިޔުން (03 މަސް ހަމަނުވާ)،  މި ލިޔުމުގައި ކިޔަވައިދޭ ކީސްޓޭޖާއި މާއްދާ އެނގެން އޮންނަން ވާނެއެވެ.
  • އެސްއެސްއީ ޕޭޕަރު މާކުކުރުމުގެ މަސައްކަތުގެ ތަޖުރިބާގެ ލިޔުން
  • ނޯޓް: މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް (ހުށަހަޅަންޖެހޭ ތަކެތި) ހުށަހަޅާނީ އެއް ޑޮކިއުމެންޓެއްގެ ގޮތުގައި ޕީ.ޑީ. އެފް ފޯމެޓަށް ތައްޔާރުކޮށްގެންނެވެ.

ސުންގަޑި:

 2025 ސެޕްޓެންބަރ 7 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން

އެދެންވީ ގޮތް:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ތިރީގައިވާ އީމެއިލް މެދުވެރިކޮށެވެ.

[email protected]

އިތުރު މައުލޫމާތު ހޯއްދެވުމަށް 3041562 ގުޅުއްވުން އެދެމެވެ.

31 އޮގަސްޓް 2025
ހޯދާ