ދިވެހިރާއްޖެ
ކީ ސްޓޭޖް 3 ނިންމާ ދަރިވަރުންނަށް ކުރިއަށް ގެންދާ ނެޝަނަލް އެސެސްމަންޓް އޮފް ލަރނިން އައުޓްކަމްސް (ނާލޯ)ގެ ދިވެހި މާއްދާގެ ޖަވާބު ކަރުދާސްތައް މާކުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތްތަކެއް ބޭނުންވެއެވެ. ވީމާ، މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް ޢާންމުކޮށް އިޢުލާންކުރީމެވެ.
ބޭނުންވާ އަދަދު |
މަސައްކަތް |
މަސައްކަތްކުރަންޖެހޭ މުއްދަތު |
20 |
ދިވެހި ޕޭޕަރުގެ ލިޔުންތެރިކަމުގެ ބައި މާކުކުރުން |
- 20 ސެޕްޓެންބަރ 2025 އިން 25 ސެޕްޓެންބަރ 2025 އަށް |
މާކަރުންގެ ޝަރުޠު:
- 2025 ވަނަ އަހަރު ސަރުކާރު ސްކޫލެއްގެ ގްރޭޑް 9ގައި ތަޢުލީމު ޙާސިލުކުރަމުންދާ ދަރިއަކު ނެތުން.
- މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް އޮތުމާއެކު:
- ކީ ސްޓޭޖް 3ގެ ދިވެހި ސިލަބަހަށް ސްކޫލެއްގައި ކިޔަވައިދޭ ފަރާތަކަށްވުން، ނުވަތަ
- ދިވެހި މާއްދާގެ ސިލަބަހުގެ މަސައްކަތުގައި މިހާރު ވެސް ޢަމަލީގޮތުން މަސައްކަތްކުރާ ފަރާތަކަށްވުން، ނުވަތަ
- ދިވެހި މާއްދާގެ މުދައްރިސުން ތަމްރީނުކުރުމުގެ މަސައްކަތްކުރާ ފަރާތަކަށްވުން، ނުވަތަ
- ރަސްމީ މަސައްކަތެއްގެ ގޮތުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައި ފަންނީ ލަފާދިނުމުގެ މަސައްކަތްކުރާ ފަރާތަކަށްވުން
މާކުކުރުމަށް އެދޭ ފަރާތްތަކަށް މާކުސް ލިބޭނެ ގޮތް
ތަޢުލީމީ ދާއިރާއިން ހާސިލުކޮށްފައިވާ ސަނަދު ޕީއެޗްޑީ – 20 މާސްޓަރސް – 15 ޑިގްރީ – 10 ޑިޕްލޮމާ - 5 |
20 |
ކީ ސްޓޭޖް 3އަށް ދިވެހި ކިޔަވައިދިނުމާ ގުޅޭ މަސައްކަތުގެ ތަޖުރިބާ (މިހާރުން ފެށިގެން ފާއިތުވެ ދިޔަ 5 އަހަރުތެރޭ)
މަދުވެގެން 1 އަހަރު – 5 2 އަހަރާ 5 އަހަރާ ދެމެދު - 10 5 އަހަރަށްވުރެ ގިނަ – 15 |
15 |
އެސްއެސްއީ ޕޭޕަރު މާކުކުރުމުގެ މަސައްކަތުގެ ތަޖުރިބާ (ފާއިތުވެ ދިޔަ 5 އަހަރުތެރޭ) 1 އަހަރު – 5 2 އަހަރާ 5 އަހަރާ ދެމެދު - 10 5 އަހަރަށްވުރެ ގިނަ – 15 |
15 |
މަސްއޫލިއްޔަތު:
1- ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓުގެ ފަންނީ މުވައްޒަފުންގެ ލަފަޔާއި އިރުޝާދުގެ ދަށުން، ތެދުވެރިކަމާ، އިންސާފުވެރިކަމާއެކު މާކުކުރުމުގެ އެންމެހައި މަސައްކަތްތައްކުރުން.
2- ނާލޯގައި ބައިވެރިވި ދަރިވަރުންނާއި މާކުކުރުމުގައި ޝާމިލްވާ އެންމެހައި ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކޮށްދިނުން.
3- މާކުކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން އެއްބަސްވުމުގައި ސޮއިކުރުން.
4- ޙަވާލުކުރާ ޖަވާބު ކަރުދާސްތައް މާކުކުރުން.
5- މާކިންއަށް ޙާޟިރުވާ ކޮންމެ ދުވަހެއްގެ ކޮންމެ ދަންފަޅިއެއްގައި ޙާޟިރީގައި ސޮއިކޮށް، ޙާޟިރުވި ގަޑި ނޯޓުކުރުން.
6- މާކުކުރަން ޙަވާލުކުރާ ޖަވާބު ކަރުދާސް ޕެކެޓުގެ ބޭރުގައި، ޖަހާފައިވާ ޢަދަދަށް ޖަވާބު ކަރުދާސް ހުރިކަން ކަށަވަރުކުރުން.
7- މާކުކުރަން ޙަވާލުކުރާ ޖަވާބު ކަރުދާސްތަކުގެ ތެރޭގައި އެ ވަގުތަކު މާކުކުރާ ކަރުދާސް ނޫން ޖަވާބު ކަރުދާހެއް އޮވެއްޖެނަމަ، މާކުކުރުވުމުގެ މަސައްކަތާ އިސްވެ ހަވާލުވެ ހުރި ފަރާތުގެ ސަމާލުކަމަށް ގެނައުން.
8- ހަވާލުކުރާ ޖަވާބު ކަރުދާސްތައް ނިންމަން ކަނޑައަޅާ މުއްދަތަށް ނިންމައި މާކުސް ދީފައިވާކަން ކަށަވަރުކުރުން.
މަސައްކަތް ކުރިއަށް ދާނެ ތާރީޚާއި ވަގުތު |
- 21 ސެޕްޓެންބަރ 2025އިން 25 ސެޕްޓެންބަރ 2025އަށް - 8:00- ހެދުނު 8:00އިން 12:00އަށް އަދި 13:00އިން 16:00އަށް |
އުޖޫރަ: |
މާކުކުރާ ކޮންމެ ޕޭޕަރަކަށް (އެއް ލިޔުން) -/30ރ (ތިރީސް ރުފިޔާ) |
ހުށަހަޅަންޖެހޭ ތަކެތި: |
|
ސުންގަޑި: |
2025 ސެޕްޓެންބަރ 7 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން |
އެދެންވީ ގޮތް: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ތިރީގައިވާ އީމެއިލް މެދުވެރިކޮށެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް 3041562 ގުޅުއްވުން އެދެމެވެ. |