މި ކުންފުނިން ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ހޯދުމަށް ކުރެވުނު ނަންބަރު (IUL)PSM-HR/PSM/2025/175 (18 އޮގަސްޓް 2025) އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަކަށް އެޕްލިކޭޝަން ލިބިފައިނުވާތީ، މިމަޤާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކުރެވިފައިވާކަމުގައި ދަންނަވަމެވެ.
|
މަޤާމް
|
ހިސްޓޮރިކަލް ރިސާޗަރ (ވަގުތީ)
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން
|
ޕަބްލިކް ސަރވިސް މީޑިއާ، މާލެ
|
ޑިޕާޓްމަންޓް:
|
ނިވްސް އެންޑް ކަރަންޓް އެފެއާޒް ޑިޕާޓްމަންޓް
|
ވަޒީފާގެ ބާވަތް
|
04 މަސް ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތް ހަވާލުކުރާ ދުވަހުން ފެށިގެން)
|
މުސާރަ
|
-/12،000 (ބާރަހާސް) ރުފިޔާ
|
ތައުލީމާއި ތަޖްރިބާގެ ޝަރުތު:
|
- ދިވެހިރާއްޖޭގެ ޤަދީމީ އަދި ޒަމާނީ ތާރީޚު ދިރާސާކުރުމުގެ ޢިލްމީ ހުނަރު ލިބިފައިވުމާއެކު، މި ދާއިރާއިން އެކަށީގެންވާ ފެންވަރެއްގައި މަޢުލޫމާތު އެއްކޮށް، ދިރާސާކޮށް އަދި ފޯރުކޮށްދިނުމުގެ ޤާބިލުކަމާއި ތަޖުރިބާ ލިބިފައިވުން.
- މިދާއިރާއިން ޓީވީ އަދި ރޭޑިއޯ ކޮންޓެންޓް ތައްޔާރުކުރުމަށް ބޭނުންވާ ފަންނީ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ތާރީޚީ މަޢުލޫމާތު ހޯދައި ފޯރުކޮށްދިނުން؛
- ތާރީޚީ ޕްރޮގްރާމްތައް އުފެއްދުމަށް ބޭނުންވާ ފަންނީ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދިނުން؛
- އެފަދަ ޕްރޮގްރާމްތަކާއި ސެގްމެންޓްތަކުގެ ކޮންޓެންޓް އެކުލަވާލުމާއި ސްކްރިޕްޓް ތައްޔާރުކުރުން؛
- ޕްރޮގްރާމްތަކުގައި ބޭނުންކުރާ ބަހުރުވަ ޗެކްކޮށް އިސްލާހުކުރުން؛
- ދިވެހިރާއްޖޭގައި ފާހަގަކުރާ އެކިއެކި ދުވަސްތަކާ ގުޅިގެން ޚަބަރުތަކަށާއި ޕްރޮގްރާމްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުން؛
- ޓެލެވިޜަން އަދި ރޭޑިއޯ ޕްރޮގްރާމްތަކުގައި ބައިވެރިވެ، ސީދާ މަޢުލޫމާތު ފޯރުކޮށްދިނުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް.
- ތަޢުލީމީ ފެންވަރާއި މަސައްކަތު ތަޖްރިބާގެ ލިޔުންތައް.
|
ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:
|
- މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
- މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 28 އޯގަސްޓް 2025 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކުންފުނީގެ ރެކްރޫޓްމަންޓް މެއިލް [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.
|
އިތުރު މަޢްލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000376، 3000207 އާއި ގުޅުއްވުން އެދެމެވެ.
|