ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HR/PSM/2025/179
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 11:40
ސުންގަޑި: 28 އޮގަސްޓް 2025 12:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އިޢުލާންގެ މުއްދަތު އިތުރުކުރުމާ ގުޅޭ

މި ކުންފުނިން ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ހޯދުމަށް ކުރެވުނު ނަންބަރު (IUL)PSM-HR/PSM/2025/175 (18 އޮގަސްޓް 2025) އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަކަށް އެޕްލިކޭޝަން ލިބިފައިނުވާތީ، މިމަޤާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކުރެވިފައިވާކަމުގައި ދަންނަވަމެވެ.

މަޤާމް

ހިސްޓޮރިކަލް ރިސާޗަރ (ވަގުތީ)

ބޭނުންވާ ޢަދަދު:

01 (އެކެއް)

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ، މާލެ

ޑިޕާޓްމަންޓް:

ނިވްސް އެންޑް ކަރަންޓް އެފެއާޒް ޑިޕާޓްމަންޓް

ވަޒީފާގެ ބާވަތް

04 މަސް ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތް ހަވާލުކުރާ ދުވަހުން ފެށިގެން)

މުސާރަ

 -/12،000 (ބާރަހާސް) ރުފިޔާ

ތައުލީމާއި ތަޖްރިބާގެ ޝަރުތު:

  • ދިވެހިރާއްޖޭގެ ޤަދީމީ އަދި ޒަމާނީ ތާރީޚު ދިރާސާކުރުމުގެ ޢިލްމީ ހުނަރު ލިބިފައިވުމާއެކު، މި ދާއިރާއިން އެކަށީގެންވާ ފެންވަރެއްގައި މަޢުލޫމާތު އެއްކޮށް، ދިރާސާކޮށް އަދި ފޯރުކޮށްދިނުމުގެ ޤާބިލުކަމާއި ތަޖުރިބާ ލިބިފައިވުން.
  • މިދާއިރާއިން ޓީވީ އަދި ރޭޑިއޯ ކޮންޓެންޓް ތައްޔާރުކުރުމަށް ބޭނުންވާ ފަންނީ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ތާރީޚީ މަޢުލޫމާތު ހޯދައި ފޯރުކޮށްދިނުން؛
  • ތާރީޚީ ޕްރޮގްރާމްތައް އުފެއްދުމަށް ބޭނުންވާ ފަންނީ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދިނުން؛
  • އެފަދަ ޕްރޮގްރާމްތަކާއި ސެގްމެންޓްތަކުގެ ކޮންޓެންޓް އެކުލަވާލުމާއި ސްކްރިޕްޓް ތައްޔާރުކުރުން؛
  • ޕްރޮގްރާމްތަކުގައި ބޭނުންކުރާ ބަހުރުވަ ޗެކްކޮށް އިސްލާހުކުރުން؛
  • ދިވެހިރާއްޖޭގައި ފާހަގަކުރާ އެކިއެކި ދުވަސްތަކާ ގުޅިގެން ޚަބަރުތަކަށާއި ޕްރޮގްރާމްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުން؛
  • ޓެލެވިޜަން އަދި ރޭޑިއޯ ޕްރޮގްރާމްތަކުގައި ބައިވެރިވެ، ސީދާ މަޢުލޫމާތު ފޯރުކޮށްދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް.
  • ތަޢުލީމީ ފެންވަރާއި މަސައްކަތު ތަޖްރިބާގެ ލިޔުންތައް.

ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:

  • މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 28 އޯގަސްޓް 2025 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކުންފުނީގެ ރެކްރޫޓްމަންޓް މެއިލް [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000376، 3000207 އާއި ގުޅުއްވުން އެދެމެވެ.

27 އޮގަސްޓް 2025