ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢި ސަރަޙައްދު ކުނިކަހައި ސާފު ކޮށްދޭނެ ފަރާތެއް ހޯދުން

އިޢްލާން

އިޖުތިމާޢި ސަރަޙައްދު ކުނިކަހައި ސާފު ކޮށްދޭނެ ފަރާތެއް ހޯދުން

           ކިނބިދޫ އިޖުތިމާޢީ ސަރަހައްދާއި ރައްޔިތުންގެ ޢިމާރާތްތަކުގެ ގޯތިތައް ކުނިކަހައި ސާފުކޮށް ބަލަހައްޓައި ދިނުމުގެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތުގެ/ ޚިދުމަތް ފޯރުކޮށް ދިނުމުގެ މުއްދަތަކީ މީލާދީ 1 އަހަރު ދުވަހެވެ.

 

ބީލަން ފޯމް ދޫކުރުން

  1. ބީލަން ފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ 26 އޮގަސްޓް 2025 ން ފެށިގެން 31 އޮގަސްޓް 2025 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ނިޔަލަށެވެ. 
  2. ބީލަން ފޯމެއްގެ އަގަކީ -/150 (އެއްސަތޭކަ ފަންސާސް) ރުފިޔާ އެވެ.
  3.  ބީލަން ފޯމް ލިބޭނީ މި އިދާރާގެ ކައުންޓަރުންނާއި މި އިދާރާގެ ވެބްސައިޓުންނެވެ.
  4. ބީލަން ފޯމް ބަލައިގަނެވޭނީ މިއިދާރާއަށް ދުރުވެ ފައިސާ ދެއްކުމުން ނުވަތަ މިއިދާރާގެ އެކައުންޓް ނަމްބަރ

7725700293001 ( 1443 ރެވެނިއު 1) އަށް ފައިސާ ޖަމާކޮށްފައި ފައިސާ ދެއްކި ސްލިޕްކޮޅު އިދާރާއަށް ހުށައަޅަން ވާނެއެވެ.

ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން

ރަޖިސްޓަރީ ކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/18) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފަރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/19) ގެ ދަށުން ރަޖިސްޓަރީވެ ރަޖިސްޓަރީގެ މުއްދަތު ހަމަނުވާ ފަރާތްތަކެވެ. ބިޑް ހުށަހެޅުމުގައި ބައިވެރި ވެވޭނީ  މީގެތެރެއިން ކޮންމެވެސް އެއް ޙައިސިއްޔަތަކުންނެވެ.

މަޢްލޫމާތު ސާފުކޮށް ދިނުން

އިތުރު މަޢްލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މަޢްލޫމާތު ސާފުކޮށް ދިނުމަށް ހަމަޖެހިފައިވަނީ ކޮޅުމަޑުލު ކިނބިދޫ ކައުންސިލް އިދާރާގެ އީ-މެއިލް [email protected] މެދުވެރިކޮށެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ސުންގަޑި

ތަން: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް

ތާރީޚް: 1 ސެޕްޓެމްބަރ 2025 ވާ ހޯމަ ދުވަހުގެ މެންދުރުކުރި 11:30

ބަދަލުގައި މީހަކު ފޮނުއްވާނަމަ: ހުށަހަޅާ ފަރާތުގެ އައިޑީ ކާޑްގެ ފޮޓޯކޮޕީ އާއި ސިޓީއެއް ފޮނުއްވަން ވާނެއެވެ. އަދި، ބީލަން ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ.

 

 

 

މަސައްކަތުގެ ތަފްޞީލް:

  1. ރަށުގެ އިޖުތިމާޢި ސަރަޙައްދުގެ ގޮތުގައި ކުނިކަހަން ހަމަޖައްސާފައި އޮތް ސަރަހައްދުތައް ކުނިކަހައި ސާފުކޮށް  ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
  2. ކައުންސިލުން ކުނިކަހާ ބަލަހައްޓަމުގެ ގެންދާ ރައްޔިތުންގެ އެންމެހާ ގޯތިތައް ކުނިކަހައި ސާފުކޮށް  ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
  3. ފެރީގެއާއި، ސްޓޭޖާއި، ޕާކުތަކާއި، ޓްރެކްތަކާއި، މައިޒާންތަކާއި، ޖިމް ސަރަހައްދާއި އެފަދަ އެންމެހާ ތަންތަން ކުނިކަހައި ސާފުކޮށް  ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
  4. ކުނިކެހުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ހެދޭ ގަސްތައް ކޮށުމާއި ވިނަނޮޅައި ސާފުކޮށް ބެލެހެއްޓުން.
  5. ކުނި ކެހުމުމަށް ބޭނުން ކުރާނެ އާލާތައް ހަމަޖެއްސުމާއި، އުފުލާނެ އުޅަނދު ހަމަޖެއްސުމާއި ކުނިކޮށްޓަށް ކުނި އުފުލުން.
  6. މީގެ އިތުރުންވެސް ކުނި ކެހުމާ ގުޅޭގޮތުން ކައުންސިލުން އަންގާ މަސައްކަތްތައް ކުރުން.

އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް

  1. ހުށަހަޅާ އަގު %75 (އަގަށް ޕޮއިންޓް ދެވޭނީ އެއްމެ ކުޑައަގު/ ހުށަހެޅި އަގުގެ × 75)
  2. މަސައްކަތް ކުރުމަށް ބޭނުން ކުރާ މުވައްޒަފުންގެ ޢަދަދަށް %20 (ކޮންމެ މުވައްޒަފަކަށް 5 ޕޮއިންޓް)
  3. މަސައްކަތުގެ ތަޖުރިބާ %5 (މިބަޔަށް ޕޮއިންޓް ލިބޭނީ މަސައްކަތް ކޮށްފައިވާ ކޮންމެ އަހަރަށް 1 ޕޮއިންޓްގެ އުސޫލުން، 2015 ވަނަ އަހަރުގެ ފަހުން ކޮށްފައިވާ، މަސައްކަތާ ގުޅުހުރި މަސައްކަތް ތަކަށެވެ.)

ބީލަމާއެކު ހުށަހަޅަންޖެހޭ ތަކެތި

  1. ބިޑް ހުށައަޅާ ފޯމް.
  2. އައި ޑީ ކާޑްގެ ދެފުށުގެ ސާފު ކޮޕީ.
  3. ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ.
  4. ބަދަލުގައި އެހެން ފަރާތަކުން ބިޑް ހުށައެޅުމަށް ދުރުވާނަމަ، ބަދަލުގައި ދުރުވާ ކަމުގެ ލިޔުމާއި ބަދަލުގައި ދުރުވާ ފަރާތުގެ އައި.ޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީ.
  5. ތަޖުރިބާ ލިޔުންތައް.

                  3 ރަބީޢުލްއައްވަލު 1447 ހ

26 އޮގަސްޓް 2025
ހޯދާ