ދިވެހިރާއްޖެ
އިޢްލާން
އިޖުތިމާޢި ސަރަޙައްދު ކުނިކަހައި ސާފު ކޮށްދޭނެ ފަރާތެއް ހޯދުން
ކިނބިދޫ އިޖުތިމާޢީ ސަރަހައްދާއި ރައްޔިތުންގެ ޢިމާރާތްތަކުގެ ގޯތިތައް ކުނިކަހައި ސާފުކޮށް ބަލަހައްޓައި ދިނުމުގެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތުގެ/ ޚިދުމަތް ފޯރުކޮށް ދިނުމުގެ މުއްދަތަކީ މީލާދީ 1 އަހަރު ދުވަހެވެ.
ބީލަން ފޯމް ދޫކުރުން |
7725700293001 ( 1443 ރެވެނިއު 1) އަށް ފައިސާ ޖަމާކޮށްފައި ފައިސާ ދެއްކި ސްލިޕްކޮޅު އިދާރާއަށް ހުށައަޅަން ވާނެއެވެ. |
ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން |
ރަޖިސްޓަރީ ކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/18) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފަރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/19) ގެ ދަށުން ރަޖިސްޓަރީވެ ރަޖިސްޓަރީގެ މުއްދަތު ހަމަނުވާ ފަރާތްތަކެވެ. ބިޑް ހުށަހެޅުމުގައި ބައިވެރި ވެވޭނީ މީގެތެރެއިން ކޮންމެވެސް އެއް ޙައިސިއްޔަތަކުންނެވެ. |
މަޢްލޫމާތު ސާފުކޮށް ދިނުން |
އިތުރު މަޢްލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މަޢްލޫމާތު ސާފުކޮށް ދިނުމަށް ހަމަޖެހިފައިވަނީ ކޮޅުމަޑުލު ކިނބިދޫ ކައުންސިލް އިދާރާގެ އީ-މެއިލް [email protected] މެދުވެރިކޮށެވެ. |
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ސުންގަޑި |
ތަން: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް ތާރީޚް: 1 ސެޕްޓެމްބަރ 2025 ވާ ހޯމަ ދުވަހުގެ މެންދުރުކުރި 11:30 ބަދަލުގައި މީހަކު ފޮނުއްވާނަމަ: ހުށަހަޅާ ފަރާތުގެ އައިޑީ ކާޑްގެ ފޮޓޯކޮޕީ އާއި ސިޓީއެއް ފޮނުއްވަން ވާނެއެވެ. އަދި، ބީލަން ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. |
މަސައްކަތުގެ ތަފްޞީލް:
- ރަށުގެ އިޖުތިމާޢި ސަރަޙައްދުގެ ގޮތުގައި ކުނިކަހަން ހަމަޖައްސާފައި އޮތް ސަރަހައްދުތައް ކުނިކަހައި ސާފުކޮށް ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
- ކައުންސިލުން ކުނިކަހާ ބަލަހައްޓަމުގެ ގެންދާ ރައްޔިތުންގެ އެންމެހާ ގޯތިތައް ކުނިކަހައި ސާފުކޮށް ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
- ފެރީގެއާއި، ސްޓޭޖާއި، ޕާކުތަކާއި، ޓްރެކްތަކާއި، މައިޒާންތަކާއި، ޖިމް ސަރަހައްދާއި އެފަދަ އެންމެހާ ތަންތަން ކުނިކަހައި ސާފުކޮށް ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
- ކުނިކެހުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ހެދޭ ގަސްތައް ކޮށުމާއި ވިނަނޮޅައި ސާފުކޮށް ބެލެހެއްޓުން.
- ކުނި ކެހުމުމަށް ބޭނުން ކުރާނެ އާލާތައް ހަމަޖެއްސުމާއި، އުފުލާނެ އުޅަނދު ހަމަޖެއްސުމާއި ކުނިކޮށްޓަށް ކުނި އުފުލުން.
- މީގެ އިތުރުންވެސް ކުނި ކެހުމާ ގުޅޭގޮތުން ކައުންސިލުން އަންގާ މަސައްކަތްތައް ކުރުން.
އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް
- ހުށަހަޅާ އަގު %75 (އަގަށް ޕޮއިންޓް ދެވޭނީ އެއްމެ ކުޑައަގު/ ހުށަހެޅި އަގުގެ × 75)
- މަސައްކަތް ކުރުމަށް ބޭނުން ކުރާ މުވައްޒަފުންގެ ޢަދަދަށް %20 (ކޮންމެ މުވައްޒަފަކަށް 5 ޕޮއިންޓް)
- މަސައްކަތުގެ ތަޖުރިބާ %5 (މިބަޔަށް ޕޮއިންޓް ލިބޭނީ މަސައްކަތް ކޮށްފައިވާ ކޮންމެ އަހަރަށް 1 ޕޮއިންޓްގެ އުސޫލުން، 2015 ވަނަ އަހަރުގެ ފަހުން ކޮށްފައިވާ، މަސައްކަތާ ގުޅުހުރި މަސައްކަތް ތަކަށެވެ.)
ބީލަމާއެކު ހުށަހަޅަންޖެހޭ ތަކެތި
- ބިޑް ހުށައަޅާ ފޯމް.
- އައި ޑީ ކާޑްގެ ދެފުށުގެ ސާފު ކޮޕީ.
- ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ.
- ބަދަލުގައި އެހެން ފަރާތަކުން ބިޑް ހުށައެޅުމަށް ދުރުވާނަމަ، ބަދަލުގައި ދުރުވާ ކަމުގެ ލިޔުމާއި ބަދަލުގައި ދުރުވާ ފަރާތުގެ އައި.ޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީ.
- ތަޖުރިބާ ލިޔުންތައް.
3 ރަބީޢުލްއައްވަލު 1447 ހ