ދިވެހިރާއްޖެ
މިއޮފީހުން ދޭ އިންޓީރިއަރ ޑިޒައިންގ ކުރެހުމާ އެއްގޮތަށް އޮފީހުގެ މަރާމާތުތައް ކުރިއަށް ގެންދިއުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- ބީލަމުގައި ރެޖިސްޓަރީވުން: 2025 ސެޕްޓެމްބަރު 02، އަންގާރަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް
ލިންކް: https://forms.office.com/r/mKBAM2U8yB
- ބީލަން ހުށަހެޅުމާއި ހުޅުވުން: 03 ސެޕްޓެންބަރު 2025 10:00 އަށް
ވީމާ، މި މަސައްކަތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރެޖިސްޓްރީ ކުރެއްވުމަށްފަހު، 03 ސެޕްޓެންބަރު 2025، 10:00 އަށް މިއޮފީހަށް (ވެލާނާގެ، 12 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. ބީލަމުގައި ރެޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަމާގުޅޭ މަޢުލޫމާތު ކަރުދާހާއި ކުރެހުންތައް މިއިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެވެ.
2 ރަބިޢުލްއައްވަލު 1447