މަސައްކަތް
ނަންބަރު: (IUL)196-C/1/2025/53
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 14:35
ސުންގަޑި: 02 ސެޕްޓެންބަރު 2025 10:00
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މިއޮފީހުން ދޭ އިންޓީރިއަރ ޑިޒައިންގ ކުރެހުމާ އެއްގޮތަށް އޮފީހުގެ މަރާމާތުތައް ކުރިއަށް ގެންދިއުން

މިއޮފީހުން ދޭ އިންޓީރިއަރ ޑިޒައިންގ ކުރެހުމާ އެއްގޮތަށް އޮފީހުގެ މަރާމާތުތައް ކުރިއަށް ގެންދިއުމުގެ  މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  • ބީލަމުގައި ރެޖިސްޓަރީވުން: 2025 ސެޕްޓެމްބަރު 02، އަންގާރަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް

ލިންކް: https://forms.office.com/r/mKBAM2U8yB

  • ބީލަން ހުށަހެޅުމާއި ހުޅުވުން: 03 ސެޕްޓެންބަރު 2025 10:00 އަށް

 

ވީމާ، މި މަސައްކަތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރެޖިސްޓްރީ ކުރެއްވުމަށްފަހު، 03 ސެޕްޓެންބަރު 2025، 10:00 އަށް މިއޮފީހަށް (ވެލާނާގެ، 12 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

އަދި ދަންނަވަމެވެ. ބީލަމުގައި ރެޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަމާގުޅޭ މަޢުލޫމާތު ކަރުދާހާއި ކުރެހުންތައް މިއިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެވެ.

 

 

2 ރަބިޢުލްއައްވަލު 1447

25 އޮގަސްޓް 2025