ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

FSM-ADV/2025/102

 

 

މުވައްޒަފުން ބޭނުންވެއްޖެ

 

 

ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.    

 

 

މަޤާމް:

އިލެކްޓްރިކަލް އިންޖިނީއަރ

ޑިޕާޓްމަންޓް/ސެކްސަން:

އިންޖިނިއަރިންގ ޑިޕާރޓްމަންޓް

ބޭނުންވާ ޢަދަދު:

01

ޝަރުތުތައް:

-        ޑިޕްލޮމާއިން އިލެކްޓްރިކަލް އިންޖިނިއަރިންގ އާއިއެކު ގުޅުންހުރި ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ހުރުން.

-        މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ ފަދަ ރަނގަޅު ސިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން. 

ވަޒީފާގެ މައިގަނޑު މައްސޫލިއްޔަތު:

-        އިލެކްޓްރިކަލް އަދި އިލެކްޓްރޯނިކް ޑިވައިސްތައް ޑިޒައިންކުރުމާއި އިންސްޓޯލްކުރުމާއި މަރާމާތުކޮއް ބެލެހެއްޓުން.

-        މެރިން ޖެނެރޭޓަރ އަދި މެޝިނަރީ ރިޕެއަރ ކުރުމުގެ މަސައްކަތްތައް ރާވާ ހިންގުން.

-        ޖެނެރޭޓަރ އަދި މޯޓަރ ރިޕެއަރ ކުރުމުގެ ކަންތައްތައް ރާވާ ހިންގުން.

-        އުޅަނދުފަހަރުގެ މެޝިނަރީ އާއި އިކްވިޕްމަންޓް ރިޕެއާރ ކުރުމާއި އިންސްޓޯލްކުރުމުގެ މަސައްކަތް ކުރުވުން.

މަހު މުސާރަ:

24,000ރ އާއި 27،000 ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

އެފް. އެސް. އެމް ބޯޓްޔާރޑް  - އިންޖިނިއަރިންގ ޑިޕާރޓްމަންޓް

 

 

 

މަޤާމް:

ވެލްޑަރ

ޑިޕާޓްމަންޓް/ސެކްސަން:

އިންޖިނިއަރިންގ ޑިޕާރޓްމަންޓް

ބޭނުންވާ ޢަދަދު:

04

މަސައްކަތުގެ ބާވަތް:

-        ކުންފުނީގެ ބޯޓުފަހަރު މަރާމާތުކުރުމަށް ކުރަންޖެހޭ ވެލްޑިންގ މަސައްކަތް އަދި ދަގަނޑު ކެފުންފަދަ މަސައްކަތް

       ކުންފުނީގެ އެކިއެކި ބޭނުންތަކަށް ކުރަންޖެހޭ ވެލްޑިންގްގެ މަސައްކަތް

ޝަރުތުތައް:

-        މަސައްކަތުގެ ދާއިރާއިން 1 އަހަރު ދުވަހުގެ ތަޖުރިބާ ޙާސިލްކޮށްފައިވުން

މަހު މުސާރަ:

12,000ރ އާއި 13,000ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

އިންޖިނިއަރިންގ ޑިޕާރޓްމަންޓް އެފް. އެސް. އެމް ބޯޓްޔާރޑް

 

 

 

 

މަޤާމް:

ކްރޫ، ސްޕީޓްބޯޓް

ޑިޕާޓްމަންޓް/ސެކްސަން:

އިންޖިނިއަރިންގ

ބޭނުންވާ ޢަދަދު:

01

މަސައްކަތުގެ ބާވަތް:

-        ސްޕީޑްބޯޓާއި ބޯޓުގައި ހުންނަ  ސާމާނު ބެލެހެއްޓުން

-        މެރިން ދާއިރާގައި ކުރަންޖެހޭ ކަންކަން ކުރުމުގެ ގާބިލްކަން ހުރުން

-        ކޮމާންޑްގައި ހުރެ ބޭނުން ޖެހިއްޖެނަމަ ކޮންމެ ވަގުތަކުވެސް ދަތުރު ކުރެވޭނެ ގޮތް ހެދުން

ޝަރުތުތައް:

-        ގްރޭޑް 8 ފުރިހަމަކޮށްފައިވުމާއިއެކު ސްޕީޑްބޯޓު ދުއްވުމުގެ ލައިސަންސް އޮތުން

-        ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން އަދި ޓީމަކާއިއެކު މަސައްކަތް ކުރުމުގެ ގާބިލްކަން ހުރުން

-        މަސައްކަތުގެ 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން 

-        ފުރިހަމަ ސިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން

މަހު މުސާރަ:

12,000ރ އާއި 13,000ރ އާއި ދެމެދު

ޑިޕާޓްމަންޓް:

އިންޖިނިއަރިންގ ޑިޕާރޓްމަންޓް އެފް. އެސް. އެމް ބޯޓްޔާރޑް

 

މަޤާމް:

އޮފިސަރ، މެއިންޓަނަންސް

ޑިޕާޓްމަންޓް/ސެކްސަން:

އިންޖިނިއަރިންގ

ބޭނުންވާ ޢަދަދު:

01

މަސައްކަތުގެ ބާވަތް:

-        ޕާޗޭސް ރިކުއިޒިޝަން ހެދުމާއި، ގޯޑައުން ރިކުއިޒިޝަން ހެދުމާއި، ރިކުއިޒިޝަންތަކުގެ ތަފްސީލް އަޕްޑޭޓް ކުރުން

-        މެއިންޓެނަންސްގެ ހުރިހާ މަސައްކަތަކަށް އެހީތެރިވުން

-        ބޯޓްޔާޑްގެ ހަފްތާ ރިޕޯޓް ތައްޔާރުކޮށް ހުށަހެޅުން

-        ސެކިއުރިޓީ އަދި ބަދިގެ މުވައްޒަފުންގެ ޑިއުޓީ ރޯސްޓަރ ތައްޔާރުކޮށް ބެލެހެއްޓުން

-        ބޯޓްޔާޑްގެ އަހަރީ ރިޕޯޓް ތައްޔާރުކުރުމުގައި އެހީތެރިވުން

ޝަރުތުތައް:

-        ޖީ.ސީ.އީ އޯލެވެލް މަދުވެގެން 4 މާއްދާއިން ފާސްވެފައިވުން

-        މައިކްރޯސޮފްޓް އޮފީސް ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން

-        އެޑްމިނިސްޓްރޭޝަންއާއި ގުޅޭ ދާއިރާއަކުން 2 އަހަރު ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ

މަހު މުސާރަ:

11،000ރ އާއި 12،000ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

އިންޖިނިއަރިންގ ޑިޕާރޓްމަންޓް އެފް. އެސް. އެމް ބޯޓްޔާރޑް

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 26 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.

 

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421/3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

21 އޮގަސްޓް 2025

21 އޮގަސްޓް 2025
ހޯދާ