ދިވެހިރާއްޖެ
FSM-ADV/2025/102
މުވައްޒަފުން ބޭނުންވެއްޖެ
ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: |
އިލެކްޓްރިކަލް އިންޖިނީއަރ |
ޑިޕާޓްމަންޓް/ސެކްސަން: |
އިންޖިނިއަރިންގ ޑިޕާރޓްމަންޓް |
ބޭނުންވާ ޢަދަދު: |
01 |
ޝަރުތުތައް: |
- ޑިޕްލޮމާއިން އިލެކްޓްރިކަލް އިންޖިނިއަރިންގ އާއިއެކު ގުޅުންހުރި ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ހުރުން. - މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ ފަދަ ރަނގަޅު ސިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން. |
ވަޒީފާގެ މައިގަނޑު މައްސޫލިއްޔަތު: |
- އިލެކްޓްރިކަލް އަދި އިލެކްޓްރޯނިކް ޑިވައިސްތައް ޑިޒައިންކުރުމާއި އިންސްޓޯލްކުރުމާއި މަރާމާތުކޮއް ބެލެހެއްޓުން. - މެރިން ޖެނެރޭޓަރ އަދި މެޝިނަރީ ރިޕެއަރ ކުރުމުގެ މަސައްކަތްތައް ރާވާ ހިންގުން. - ޖެނެރޭޓަރ އަދި މޯޓަރ ރިޕެއަރ ކުރުމުގެ ކަންތައްތައް ރާވާ ހިންގުން. - އުޅަނދުފަހަރުގެ މެޝިނަރީ އާއި އިކްވިޕްމަންޓް ރިޕެއާރ ކުރުމާއި އިންސްޓޯލްކުރުމުގެ މަސައްކަތް ކުރުވުން. |
މަހު މުސާރަ: |
24,000ރ އާއި 27،000 ދެމެދު |
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
އެފް. އެސް. އެމް ބޯޓްޔާރޑް - އިންޖިނިއަރިންގ ޑިޕާރޓްމަންޓް |
މަޤާމް: |
ވެލްޑަރ |
ޑިޕާޓްމަންޓް/ސެކްސަން: |
އިންޖިނިއަރިންގ ޑިޕާރޓްމަންޓް |
ބޭނުންވާ ޢަދަދު: |
04 |
މަސައްކަތުގެ ބާވަތް: |
- ކުންފުނީގެ ބޯޓުފަހަރު މަރާމާތުކުރުމަށް ކުރަންޖެހޭ ވެލްޑިންގ މަސައްކަތް އަދި ދަގަނޑު ކެފުންފަދަ މަސައްކަތް ކުންފުނީގެ އެކިއެކި ބޭނުންތަކަށް ކުރަންޖެހޭ ވެލްޑިންގްގެ މަސައްކަތް |
ޝަރުތުތައް: |
- މަސައްކަތުގެ ދާއިރާއިން 1 އަހަރު ދުވަހުގެ ތަޖުރިބާ ޙާސިލްކޮށްފައިވުން |
މަހު މުސާރަ: |
12,000ރ އާއި 13,000ރ އާއި ދެމެދު |
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
އިންޖިނިއަރިންގ ޑިޕާރޓްމަންޓް އެފް. އެސް. އެމް ބޯޓްޔާރޑް |
މަޤާމް: |
ކްރޫ، ސްޕީޓްބޯޓް |
ޑިޕާޓްމަންޓް/ސެކްސަން: |
އިންޖިނިއަރިންގ |
ބޭނުންވާ ޢަދަދު: |
01 |
މަސައްކަތުގެ ބާވަތް: |
- ސްޕީޑްބޯޓާއި ބޯޓުގައި ހުންނަ ސާމާނު ބެލެހެއްޓުން - މެރިން ދާއިރާގައި ކުރަންޖެހޭ ކަންކަން ކުރުމުގެ ގާބިލްކަން ހުރުން - ކޮމާންޑްގައި ހުރެ ބޭނުން ޖެހިއްޖެނަމަ ކޮންމެ ވަގުތަކުވެސް ދަތުރު ކުރެވޭނެ ގޮތް ހެދުން |
ޝަރުތުތައް: |
- ގްރޭޑް 8 ފުރިހަމަކޮށްފައިވުމާއިއެކު ސްޕީޑްބޯޓު ދުއްވުމުގެ ލައިސަންސް އޮތުން - ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން އަދި ޓީމަކާއިއެކު މަސައްކަތް ކުރުމުގެ ގާބިލްކަން ހުރުން - މަސައްކަތުގެ 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން - ފުރިހަމަ ސިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން |
މަހު މުސާރަ: |
12,000ރ އާއި 13,000ރ އާއި ދެމެދު |
ޑިޕާޓްމަންޓް: |
އިންޖިނިއަރިންގ ޑިޕާރޓްމަންޓް އެފް. އެސް. އެމް ބޯޓްޔާރޑް |
މަޤާމް: |
އޮފިސަރ، މެއިންޓަނަންސް |
ޑިޕާޓްމަންޓް/ސެކްސަން: |
އިންޖިނިއަރިންގ |
ބޭނުންވާ ޢަދަދު: |
01 |
މަސައްކަތުގެ ބާވަތް: |
- ޕާޗޭސް ރިކުއިޒިޝަން ހެދުމާއި، ގޯޑައުން ރިކުއިޒިޝަން ހެދުމާއި، ރިކުއިޒިޝަންތަކުގެ ތަފްސީލް އަޕްޑޭޓް ކުރުން - މެއިންޓެނަންސްގެ ހުރިހާ މަސައްކަތަކަށް އެހީތެރިވުން - ބޯޓްޔާޑްގެ ހަފްތާ ރިޕޯޓް ތައްޔާރުކޮށް ހުށަހެޅުން - ސެކިއުރިޓީ އަދި ބަދިގެ މުވައްޒަފުންގެ ޑިއުޓީ ރޯސްޓަރ ތައްޔާރުކޮށް ބެލެހެއްޓުން - ބޯޓްޔާޑްގެ އަހަރީ ރިޕޯޓް ތައްޔާރުކުރުމުގައި އެހީތެރިވުން |
ޝަރުތުތައް: |
- ޖީ.ސީ.އީ އޯލެވެލް މަދުވެގެން 4 މާއްދާއިން ފާސްވެފައިވުން - މައިކްރޯސޮފްޓް އޮފީސް ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން - އެޑްމިނިސްޓްރޭޝަންއާއި ގުޅޭ ދާއިރާއަކުން 2 އަހަރު ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ |
މަހު މުސާރަ: |
11،000ރ އާއި 12،000ރ އާއި ދެމެދު |
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
އިންޖިނިއަރިންގ ޑިޕާރޓްމަންޓް އެފް. އެސް. އެމް ބޯޓްޔާރޑް |
ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 26 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.
އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421/3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.
21 އޮގަސްޓް 2025