ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އެޓޯލް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް 2026/2025

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް

މާލެ، ދިވެހިރާއްޖެ 

އިޢުލާން

FAM/IUL/2025/030

އެޓޯލް ޗެމްޕިއަންޝިޕް 2025/2026

 

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށް އެކުލަވާލި ރާއްޖޭގެ ފުޓުބޯޅަ ލީގުގެ އޮނިގަނޑުގެ ދަށުން، ރާއްޖެ ހަތަރު ރީޖަނަކަށް ބަހާލައި، އޭގެތެރޭގައި ހިމެނޭ އަތޮޅުތަކަށް ނިސްބަތްވާ ތިން ރީޖަންގައި މިއަހަރު ފެށުމަށް ތާވަލްކޮށްފައިވާ 'އެޓޯލް ޗެމްޕިއަންޝިޕް' ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ރަށްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކުރުމަށްފަހު، 1 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ ކުރިން މި އިދާރާގެ ([email protected]) އީމެއިލްއަށް ފޮނުއްވުން އެދެމެވެ.

 

މި މުބާރާތުގެ މެޗުތަށް ފެށުމަށް ތާވަލުކުރެވިފައިވަނީ ތިރީގައި މިވާ ތާރީހުތަކުގައެވެ. މުބާރާތުގައި ޓީމްތަށް ބައިވެރިވާ އަދަދަށް ބަލައި މިތާރީހުތަކަށް ބަދަލުއައުމަކީ އެކަށީގެންވާކަމެކެވެ.

 

ނޯތް ރީޖަން – 1 އޮކްޓޯބަރު 2025 އިން 30 ނޮވެމްބަރު 2025

ސެންޓްރަލް ރީޖަން – 15 ނޮވެމްބަރު 2025 އިން 30 ޑިސެމްބަރު 2025

ސައުތު ރީޖަން – 1 ޑިސެމްބާރ  2025 އިން  15 ފެބްރުއަރީ 2026

 

17 އޮގަސްޓް 2025

17 އޮގަސްޓް 2025
ހޯދާ