މުބާރާތް
ނަންބަރު: FAM/IUL/2025/030
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 17:15
ސުންގަޑި:
01 ސެޕްޓެންބަރު 2025 00:00
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެޓޯލް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް 2026/2025
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
މާލެ، ދިވެހިރާއްޖެ
އިޢުލާން
FAM/IUL/2025/030
އެޓޯލް ޗެމްޕިއަންޝިޕް 2025/2026
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށް އެކުލަވާލި ރާއްޖޭގެ ފުޓުބޯޅަ ލީގުގެ އޮނިގަނޑުގެ ދަށުން، ރާއްޖެ ހަތަރު ރީޖަނަކަށް ބަހާލައި، އޭގެތެރޭގައި ހިމެނޭ އަތޮޅުތަކަށް ނިސްބަތްވާ ތިން ރީޖަންގައި މިއަހަރު ފެށުމަށް ތާވަލްކޮށްފައިވާ 'އެޓޯލް ޗެމްޕިއަންޝިޕް' ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ރަށްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކުރުމަށްފަހު، 1 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ ކުރިން މި އިދާރާގެ ([email protected]) އީމެއިލްއަށް ފޮނުއްވުން އެދެމެވެ.
މި މުބާރާތުގެ މެޗުތަށް ފެށުމަށް ތާވަލުކުރެވިފައިވަނީ ތިރީގައި މިވާ ތާރީހުތަކުގައެވެ. މުބާރާތުގައި ޓީމްތަށް ބައިވެރިވާ އަދަދަށް ބަލައި މިތާރީހުތަކަށް ބަދަލުއައުމަކީ އެކަށީގެންވާކަމެކެވެ.
ނޯތް ރީޖަން – 1 އޮކްޓޯބަރު 2025 އިން 30 ނޮވެމްބަރު 2025
ސެންޓްރަލް ރީޖަން – 15 ނޮވެމްބަރު 2025 އިން 30 ޑިސެމްބަރު 2025
ސައުތު ރީޖަން – 1 ޑިސެމްބާރ 2025 އިން 15 ފެބްރުއަރީ 2026
17 އޮގަސްޓް 2025
17 އޮގަސްޓް 2025