ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ގެމަނަފުށީ ކައުންސިލް ފުޓުސަލް ޓޯނަމަންޓް 2025 ރާވާ،ހިންގާނެ ފަރާތެއް ހޯދުމާއި ބެހޭ:

ގއ.ގެމަނަފުށީކައުންސިލް ފުޓުސަލް ޓޯނަމަންޓް 2025 ރާވާ،ހިންގާނެ ފަރާތެއް ހޯދުމާއި ބެހޭ:

 

ގއ.ގެމަނަފުށީ ކައުންސިލް ފުޓުސަލް ޓޯނަމަންޓް2025 ރާވާ،ހިންގާނެ ފަރާތެއް ބޭނުންވެއްޖެއެވެ. މިމަސައްކަތް ހުޅުވާލެވިފައިވަނީ، ކުލަބު ޖަމުއިއްޔާތަކާއި،ކުންފުނިތަކުގެ އިތުރުން އާމްމު ފަރުދުންނަށެއެވެ.

 

         މިމަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން ޕުރޮޕޯސަލް ހުށައަޅަން ބައިވެރިވުމަށް 19 އޮގަސްޓް 2025 ގެ 10:00 ގެ ކުރިން [email protected] އަށް ސިޓީއަކުން އެކަން އަންގަވައިދެއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7916609،7916180 އަށް ގުޅުއްވުން އެދެމެވެ.

         މިމަސައްކަތުގެ މައުލޫމާތު ދިނުން އޮންނާނީ 19 އޮގަސްޓް 2025   ގެ 13:00 ގައި ގެމަނަފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ޕުރޮޕޯސަލް ހުށައެޅުމަށް ބައިވެރިވުމަށް އެދުނު ފަރާތްތަކަށް މައުލޫމާތު ސެޝަންގައި ބައިވެރިވެވޭނެއެވެ. އަދި މައުލޫމާތު ސެޝަންގައި ބައިވެރި ނުވިނަމަވެސް ޕުރޮޕޯސަލް ހުށަހެޅޭނެއެވެ.

         މިމަސައްކަތަށް ޕުރޮޕޯސަލް ހުށަހެޅުން އޮންނާނީ 25 އޮގަސްޓް 2025  ގެ 13:00  ގައި ގެމަނަފުށި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

 

 

 

 

 

 

 

މާކުސްދެވޭ ކުރައިޓީރިއާ

މާކުސްދެވޭގޮތް

ތަފޮސީލް

އަގު

80%

މި ބަޔަށް ޕޮއިންޓް ދިނުމުގައި ބަލާނީ އެންމެ ދަށް އަގު ހުށަހަޅާ ފަރާތަކަށް އެންމެ މަތިން ޕޮއިންޓް ލިބޭ އުސޫލުންނެވެ.

ޕުރޮޕޯސަލަށް

 

20%

މިބަޔަށް އެންމެ މަތިން ޕޮއިންޓް ދެވޭނީ އެންމެ ރަނގަޅު ޕުރޮޕޯސަލެއް ހުށައަޅާ ފަރާތަކަށެއެވެ.

 

 

 

               މިހެންމެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

14 އޮގަސްޓް 2025
ހޯދާ