ދިވެހިރާއްޖެ
ގއ.ގެމަނަފުށީކައުންސިލް ފުޓުސަލް ޓޯނަމަންޓް 2025 ރާވާ،ހިންގާނެ ފަރާތެއް ހޯދުމާއި ބެހޭ:
ގއ.ގެމަނަފުށީ ކައުންސިލް ފުޓުސަލް ޓޯނަމަންޓް2025 ރާވާ،ހިންގާނެ ފަރާތެއް ބޭނުންވެއްޖެއެވެ. މިމަސައްކަތް ހުޅުވާލެވިފައިވަނީ، ކުލަބު ޖަމުއިއްޔާތަކާއި،ކުންފުނިތަކުގެ އިތުރުން އާމްމު ފަރުދުންނަށެއެވެ.
މިމަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން ޕުރޮޕޯސަލް ހުށައަޅަން ބައިވެރިވުމަށް 19 އޮގަސްޓް 2025 ގެ 10:00 ގެ ކުރިން [email protected] އަށް ސިޓީއަކުން އެކަން އަންގަވައިދެއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7916609،7916180 އަށް ގުޅުއްވުން އެދެމެވެ.
މިމަސައްކަތުގެ މައުލޫމާތު ދިނުން އޮންނާނީ 19 އޮގަސްޓް 2025 ގެ 13:00 ގައި ގެމަނަފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ޕުރޮޕޯސަލް ހުށައެޅުމަށް ބައިވެރިވުމަށް އެދުނު ފަރާތްތަކަށް މައުލޫމާތު ސެޝަންގައި ބައިވެރިވެވޭނެއެވެ. އަދި މައުލޫމާތު ސެޝަންގައި ބައިވެރި ނުވިނަމަވެސް ޕުރޮޕޯސަލް ހުށަހެޅޭނެއެވެ.
މިމަސައްކަތަށް ޕުރޮޕޯސަލް ހުށަހެޅުން އޮންނާނީ 25 އޮގަސްޓް 2025 ގެ 13:00 ގައި ގެމަނަފުށި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
މާކުސްދެވޭ ކުރައިޓީރިއާ |
މާކުސްދެވޭގޮތް |
ތަފޮސީލް |
އަގު |
80% |
މި ބަޔަށް ޕޮއިންޓް ދިނުމުގައި ބަލާނީ އެންމެ ދަށް އަގު ހުށަހަޅާ ފަރާތަކަށް އެންމެ މަތިން ޕޮއިންޓް ލިބޭ އުސޫލުންނެވެ. |
ޕުރޮޕޯސަލަށް
|
20% |
މިބަޔަށް އެންމެ މަތިން ޕޮއިންޓް ދެވޭނީ އެންމެ ރަނގަޅު ޕުރޮޕޯސަލެއް ހުށައަޅާ ފަރާތަކަށެއެވެ.
|
މިހެންމެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.