ދިވެހިރާއްޖެ
"12 ވަނަ ނޫސްވެރިކަމުގެ އިނާމު" ގެ ފަނޑިޔާރުންގެ ޕޫލަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން
މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމުގެ ހުށަހެޅުންތައް ވަޒަންކުރުމުގެ މަސައްކަތަށް ފަނޑިޔާރުންގެ ޕޫލެއް އެކުލަވާލަން ބޭނުންވެއެވެ. ވީމާ، މި އިއުލާނާ އެކު ހިމަނާފައިވާ އޮންލައިން ފޯމު މެދުވެރިކޮށް މިޕޫލްގައި ރަޖިސްޓްރީވުމަށް މި ދާއިރާގެ މަސައްކަތްކުރައްވާ ފަރާތްތަކަށް ހުޅުވާލަމެވެ. |
|
ޝަރުޠުތައް:
|
މީޑިއާ ނުވަތަ ޖާރނަލިޒަމް ނުވަތަ ސޯޝަލް ސައިންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަދުވެގެން 3 އަހަރުދުވަހު މަސައްކަތްކޮށް، ފަނޑިޔާރުކަމުގެ މަޤާމަށް ކަނޑައަޅާފައިވާ މަޤާމުގެ މަސައްކަތާގުޅޭ ތަޖުރިބާ ލިބިފައިވުން. |
މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
|
މަސައްކަތުގެ އަގު: |
މޯލްޑިވްސް މީޑިއާ ކައުންސިލުން ނިންމާގޮތެއްގެމަތީން މަސައްކަތަށް ކަނޑައަޅާ އުޖޫރައެއް ދެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
|
އެދެންވީގޮތާއި ސުންގަޑި: |
ފަނޑިޔާރުންގެ ޕޫލުގައި ހިމެނުމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (12 އޮގަސްޓު 2025) ވާ އަންގާރަ ދުވަހުގެ (13:00) ގެ ކުރިން، މި އިއުލާނާއެކު އާންމުކޮށްފައިވާ އޮންލައިން ފޯމު https://bit.ly/3XfLI2t މެދުވެރިކޮށެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003995 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|
04 އޮގަސްޓު 2025