ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)219-MS/1/2025/23
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 16:07
ސުންގަޑި: 12 އޮގަސްޓް 2025 13:00
މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
"12 ވަނަ ނޫސްވެރިކަމުގެ އިނާމު" ގެ ފަނޑިޔާރުންގެ ޕޫލަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

"12 ވަނަ ނޫސްވެރިކަމުގެ އިނާމު" ގެ ފަނޑިޔާރުންގެ ޕޫލަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމުގެ ހުށަހެޅުންތައް ވަޒަންކުރުމުގެ މަސައްކަތަށް ފަނޑިޔާރުންގެ ޕޫލެއް އެކުލަވާލަން ބޭނުންވެއެވެ. ވީމާ، މި އިއުލާނާ އެކު ހިމަނާފައިވާ އޮންލައިން ފޯމު މެދުވެރިކޮށް މިޕޫލްގައި ރަޖިސްޓްރީވުމަށް މި ދާއިރާގެ މަސައްކަތްކުރައްވާ ފަރާތްތަކަށް ހުޅުވާލަމެވެ.

ޝަރުޠުތައް:

 

މީޑިއާ ނުވަތަ ޖާރނަލިޒަމް ނުވަތަ ސޯޝަލް ސައިންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަދުވެގެން 3 އަހަރުދުވަހު މަސައްކަތްކޮށް، ފަނޑިޔާރުކަމުގެ މަޤާމަށް ކަނޑައަޅާފައިވާ މަޤާމުގެ މަސައްކަތާގުޅޭ ތަޖުރިބާ ލިބިފައިވުން.

މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. 12 ނޫސްވެރިކަމުގެ އިނާމުގެ އެވޯޑަށް ކުރިމަތިލާ ފަރާތްތަކުގެ އެޕްލިކޭޝަންތައް އިވެލުއޭޓްކުރުން.
  2. ފަނޑިޔާރުން މާކުސް ދެއްވުމުގައި ނަޒާހާތްތެރިކަމާއި ތެދުވެރިކަމާއި، ހަމަހަމަކަމާއި އެކު ހަޤީގަތާއި އެއްގޮތައް އިންސާފުވެރިކަމާއި އެކު މިންކުރަންވާނެއެވެ.
  3. އިނާމަށް އެދި ހުށަހަޅާފައިވާ ފޯމުތަކާއި ލިއުންތައް ކައުންސިލުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ނިންމަންވާނެއެވެ.
  1. އިނާމަށް ހުށަހެޅި ފަރާތްތަކުގެ ހުށަހެޅުންތައް އިވެލުއޭޓްކޮށް ނިމޭތާ 10 ދުވަސް ތެރޭގައި "ފަނޑިޔާރުންގެ ރިޕޯޓް" ކައުންސިލަށް ހުށަހަޅަންވާނެއެވެ. މި ރިޕޯޓުގައި ކަންކޮށްފައިވާގޮތާއި ދިމާވި ދަތިތަކާއި ކުރިއަށް އޮތްތަނުގައި ރަނގަޅުކުރާނެ ކަންކަން ހިމަނަންވާނެއެވެ.

މަސައްކަތުގެ އަގު:

މޯލްޑިވްސް މީޑިއާ ކައުންސިލުން ނިންމާގޮތެއްގެމަތީން މަސައްކަތަށް ކަނޑައަޅާ އުޖޫރައެއް ދެވޭނެއެވެ. 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގެ މަރުކަޒަކުން ހޯދާފައިވާ ސެޓްފިކެޓެއްނަމަ އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް ރާއްޖެއިން ބޭރު މަރުކަޒަކުން ނަމަ އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކުރަން ޖެހޭނެއެވެ)
  1. ލިބިފައިވާ ތަޖުރިބާތަކުގެ ރެފަރެންސް ސިޓީގެ ކޮޕީ.

އެދެންވީގޮތާއި ސުންގަޑި:

ފަނޑިޔާރުންގެ ޕޫލުގައި ހިމެނުމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (12 އޮގަސްޓު 2025)  ވާ އަންގާރަ ދުވަހުގެ (13:00) ގެ ކުރިން، މި އިއުލާނާއެކު އާންމުކޮށްފައިވާ އޮންލައިން ފޯމު  https://bit.ly/3XfLI2t މެދުވެރިކޮށެވެ.  

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003995 ނަންބަރު ފޯނާއެވެ.

އީ-މެއިލް ކުރާނީ  [email protected] އަށެވެ.

 

 

04 އޮގަސްޓު 2025

 

 

 

04 އޮގަސްޓް 2025